ads
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ގައުމަށް ރީތި ނަން ހޯދައި ދިނުމަށްފަހު އަލްހާފިޒް ނަބީހު އެނބުރި ރާއްޖެ އަތުވެއްޖެ
މި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސާދަ ވަނަ ދުވަހުގެ ނިޔަލަށް ދުބާއީގައި ބޭއްވި ދުބާއީ އިންޓަނޭޝަނަލް ހޯލީ ގުރްއާން ކޮމްޕެޓިޝަން 2022 ގައި ރާއްޖެ ތަމްސީލުކުރުމަށްފަހު އަލްހާފިޒް އަހުމަދު ނަބީހު އެނބުރި ރާއްޖެ އަތުވެއްޖެއެވެ.
Advertisement

ނަބީހު އެނބުރި ރާއްޖެ އައުމާއި އެކު އޭނާއަށް މަރުހަބާ ދެންނެވީ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއާއި، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިލްޔާސް ޖަމާލްއާއި، މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަދީލާއި މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.

އިސްލާމިކް މިނިސްޓަރު ޒާހިރު ނަބީހު އާއި ބައްދަލުކުރައްވާ ހިތްވަރު ދެއްވަވަމުން ވިދާޅުވީ ދުބާއީ އިންޓަނޭޝަނަލް ހޯލީ ގުރްއާން ކޮމްޕެޓިޝަން 2022 ގައި ނަބީހް ދިވެހިރާއްޖެ ތަމްސީލުކުރުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އެކަމަށްޓަކައި ނަބީހަށާއި ނަބީހުގެ މަންމައަށް މަރުހަބާ ވިދާޅުވިއެވެ. އަދި އެ މުބާރާތުގެ އެންމެ ފަހު ބުރުގައިވެސް ނަބީހު ކިޔަވައިފައިވާތީ އެއީ ވަރަށް އުފާކުރައްވާކަމެއްކަން ފާހަގަކުރައްވާ މިފަދަ އިތުރު މުބާރާތްތަކުގައި ބައިވެރިވުމަށް މިނިސްޓަރު ވަނީ ނަބީހަށް ހިތްވަރުދެއްވާފައެވެ.

ނަބީހުގެ މަންމަ ވަނީ ސަރުކާރުން ނަބީހަށް ދެއްވި މި ފުރުސަތަށް ޝުކުރުއަދާކޮށް، ދުބާއީގައި ހޭދަވި 17 ދުވަހު، އެއްވެސްކަހަލަ ދަތިކަމެއް ނެތި އެގުއުމުގައި ދުވަސްތައް ހޭދަކުރެވުނީތީ އެކަމަށްޓަކައި ސަރުކާރަށް ޝުކުރު އަދާކު ރައްވާފައެވެ. އަދި ރައީސް ސޯލިހު އާއި ނައިބު ރައީސް ފައިސަލް ވަރަށް ގާތުން ނަބީހުގެ ހާލުބައްލަވައި، މުބާރާތުގެ ކަންކަން ހިނގަމުންދާގޮތް ބެއްލެވިކަމަށާއި އަދި މިނިސްޓަރާއި މިނިސްޓްރީގެ އިސްވެރިން ބެހެއްޓެވި ގާތްކަމާއި މިއަދު ވިދާޅުވި ހޫނު މަރުހަބާއަށްވެސް ވަނީ ޝުކުރުއަދާކޮށްފައެވެ.

ދުބާއީ އިންޓަނޭޝަނަލް ހޯލީ ގުރްއާން ކޮމްޕެޓިޝަން 2022 ގައި އޮންނަ އުސޫލުން ދަތުރުގެ ކަންތައް ހަމަޖައްސައިދެނީ ހަމައެކަނި ކިޔަވާ ދަރިވަރަށެވެ. އެހެންނަމަވެސް ނަބީހަކީ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރަކަށްވާތީ ނަބީހުގެ މަންމައާއި ދައްތައަށް މި މުބާރާތަށް ދުބާއީއަށް ދިޔުމާއި ހުރުމުގެ ކަންކަން ހަމަޖެއްސުމުގައި ސަރުކާރާއި ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކާއި މީގެ އިތުރުން ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ވަނީ ލިބިފައެވެ.

96%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް