ads
ޕީޕީއެމް އިން ކުރިޔަށްގެންދިޔަ ނޭވާހޮޅި ހަރަކާތުގެ ތެރެއިން -- ފޮޓޯ: ޓުވިޓާ
ޣައްސާނާއި ސައީދު އަނެއްކާވެސް ފުލުހަށް ހާޒިރުވާން އަންގައިފި
ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ގައްސާން މައުމޫނާއި، ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު މިރޭ ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފި އެވެ.
Advertisement

އެ ޕާޓީގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، ފުލުހުންގެ އިދާރާއަށް އެދެބޭފުޅުން ހާޒިރުވާން އެންގީ މިދިޔަ މަހުގެ 25ވަނަ ދުވަހު ޕީޕީއެމް އިން ބޭއްވި "ނޭވާ ހޮޅިއަށް" މުޒާހަރާއާއި ގުޅިގެން ކަމަށެވެ.

ގައްސާން ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިރޭ 21:30 ގައެވެ. ސައީދަށް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިރޭ 10:30 އަށެވެ.  

ނޭވާ ހޮޅިއަށް މުޒާހަރާ އޮތް ދުވަހު އެދެބޭފުޅުން މުޒާހަރާތެރެއިން ހައްޔަރުކުރިއެވެ. ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި, އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ކުރުމުގެ ކުށުގައި އެދުވަހު ހައްޔަރުކުރި ސައީދާއި ގައްސާނު ދޫނިދޫއަށް ގެންދިޔައީ އެރޭގެ ވަގުތެއްގައެވެ. ނަމަވެސް ކުށެއްގެ ތުހުމަތުގައި މީހަކު ބެހެއްޓޭނީ އެންމެ ގިނަވެގެން 24 ގަޑިއިރަށްކަމުން 26ވަނަ ދުވަހު އެ ދެ ބޭފުޅުން ކޯޓަށް ހާޒިރުކުރުމުން ޝަރުތު ތަކާއެކު އެ ދެ ބޭފުޅުން ވަނީ ބަންދުން ދޫކޮށްލާފައެވެ.

އެމައްސަލަ ބެލުމަށް އޭގެ އަނެއްދުވަހު ރައްޔިތުންގެ މަޖިލީހަށް ވެސް އިދިކޮޅުން ހުށަހެޅިއެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކުރައްވައި, މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) 27ވަނަ ދުވަހު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ, ސައީދާއި ގައްސާނު ހައްޔަރުކުރުމުގެ ކުރިން މޫނަށް ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށާއި, ހައްޔަރުކުރުމަށްފަހު ދެ އަތުގައި ބިޑި އަޅުވައި, 24 ގަޑިއިރަށްވުރެ ގިނައިރު ދޫނިދޫގައި ބަންދުކޮށްފައި ބޭތިއްބި ކަމަށެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް