ads
ސްވިޑްންގައި ބަހެއް ރޯކޮށްލާފައި
ކީރިތި ޤުރުއާން އަންދާލަން ރޭވި މީހުންނާ ދެކޮޅަށް ސްވިޑްންގައި މުޒާހަރާ!
"الله އަކްބަރު" ގެ އަޑުގަދަވިއެވެ. ފުލުހުންގެ ކާރުތަކުގައި ރޯވެ، އޮފިސަރުންނަށް އަނިޔާވިއެވެ.

މި ހަފްތާގައި ސްވިޑެންގެ އެކި ސިޓީތަކުގައި އީސްޓަރ އާ ދިމާކޮށް، އިމިގްރޭޝަން އާ ދެކޮޅު ހަރުކަށި ޖަމާއަތެއް އިސްވެ ތިބެ، އެއްވުންތައް ބޭއްވިއެވެ. ސަރުކާރުން ހުއްދަ ދީގެންނެވެ.  މިއެއްވުން ތަކުގައި ކީރިތި ޤުރުއާން އެންދުމަށް ރޭވުންތައް ރޭވިއެވެ. 

ލިންކަޕިންގް ސިޓީގައި ބުރާސްފަތި ދުވަހު ޒުވާނުންގެ ގޭންގުތަކާ ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، ތިން އޮފިސަރަކަށް އަނިޔާވި އެވެ. މަދުވެގެން ދެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. 

މި ހަމަނުޖެހުންތައް ފެށުނީ ސްވިޑަންގެ ކަމާ ބެހޭ ފަރާތްތަކުން އިސްލާމް ދީނާ ދެކޮޅު ސިލްސިލާ އެއްވުންތަކަށް ހުއްދަ ދޭން ނިންމުމާ ގުޅިގެންނެވެ. ނަސްލީ ތަފާތުކުރުމާ ގުޅުން ހުރި ދައުވާތަކުގައި ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ޑެންމާކުގެ ކަނާތު ފިޔައިގެ ސިޔާސީ މީހެއް ކަމަށްވާ ރަސްމަސް ޕަލޫދާން ރޭވި މި ހަރަކާތުގެ މަގުސަދަކީ އިސްލާމް ދީނުގެ މާތް ފޮތް ކަމަށްވާ ޤުރްއާން ރޯކޮށް ފީޗާ ކުރުމެވެ.

ބުރާސްފަތި ދުވަހު ފެށި މިހަރަކާތުގައި މުސްލިމުންވަނީ އެކަމާ ދެކޮޅުހަދައިފައެވެ. އަދި ފުލުހުންނާ މުސްލިމުންނާދެމެދު ކުރިމަތިލުންތަކެއްވެސް ވަނީ ހިނގާފައެވެ. 

އިއްޔެ ބޭއްވުނު އެއްވުންތަކުން އެންމެފަހުވަގުތު ޕަލޫދާން ވަނީ ފިލައިފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް