ads
އެމްއެންޕީން ކުރިއަށް ގެންދާ ޗެސް މުބާރާތުގެ ތެރެއިން
މިރޯދަމަހު އެމްއެންޕީން ޒުވާނުންނަށް ބޭއްވީ ކެރަމް، ޗެސް އަދި ޕީއެސް މުބާރާތްތަކެއް!
މޯލްޑިވްސް ނެޝަނަލް ޕާޓީގެ ޔޫތު ވިންގުގެ ފަރާތުން މިރަމަޟާން މަހު ކުރިއަށް ގެންދާ ކެރަމް، ޗެސް އަދި ޕީއެސް ފަސް ފީފާ މުބާރާތްތައް ފަށައިގެން ވަރަށް ފޯރީގައި ކުރިޔަށްދާ ކަމަށް އެޕާޓީން ބުނެފި އެވެ.

ކޮންމެ މުބާރާތެއްގެ އެއްވަނަ އަށް އަންނަ ކުޅުންތެރިއަކަށް  5000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވާ މިމުބާރާތްތައް ކުރިޔަށް ދާނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހާ ހަމައަށެވެ. މިމުބާރާތްތަކުގެ ތެރެއިން ޕީއެސް 5 ފީފާ މުބާރާތް ކުރިޔަށްދަނީ ހަވީރީ ހިނގުމުގައި ހުންނަ އެމްއެންޕީ ޔޫތު ލައުންޖްގައެވެ. ކެރަމް އަދި ޗެސް މުބާރާތް ކުރިޔަށްދަނީ އެމްއެންޕީގެ ޖަގަހަ (ގ. ޕޫލް ޑްރީމް) ސިއްތިމާވާ ހިނގުމުގައެވެ.

އެގޮތުން އެމްއެންޕީ ޕީއެސް 5، ފީފާ މުބާރާތަކީ މިގޮތަށް ބޭއްވޭ ޕީއެސް 5، ދެވަނަ މުބާރާތެވެ. މީގެ ކުރިންވެސް އެމްއެންޕީ ޔޫތު ވިންގުގެ ފަރާތުން ޕީއެސް 5 ފީފާ މުބާރާތެއްވަނީ ވަރަށް ކާމިޔާބުކަމާއެކު ބާއްވާފައެވެ. 

މިމުބާރާތައް ފެށުމަށާއި ޕީއެސް 5 ފީފާ މުބާރާތުގެ ގުރުނެގުމަށް މިމަހުގެ 16 ވަނަ ދުވަހު އެމްއެންޕީ ޔޫތު ލައުންޖްގައިވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. ނޮކް އައުޓް އުސޫލުން ކުޅޭ މިމުބާރާތް 31 ބައިވެރިންނާއެކު ކުރިޔަށްދާއިރު މިހާރު ކުޅެވެމުން ދަނީ މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗްތަކެވެ. މިމުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭގައެވެ.

ރައުންޑް ރޮބިން އުސޫލުން (ހުރިހާ ކުޅުންތެރިންނާއެކު ރައުންޑް އުސޫލުން) ކުރިޔަށްދާ އެމްއެންޕީ ޗެސް މުބާރާތް ވަނީ މިމަހުގެ 17 ވަނަ ދުވަހު ފަށާ ގިނަ މެޗްތަކެއް ކުޅެފައެވެ. މިމުބާރާތުގައި 23 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. ޗެސް މުބާރާތުގެ ފަހު މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ، އެމްއެންޕީ ޖަގަހައިގައެވެ.

އެމްއެންޕީ ކެރަމް މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 20 ވަނަ ދުވަހުގެ ރޭ ނޮކްއައުޓް އުސޫލުންނެވެ. މިމުބާރާތުގައި 19 ޓީމެއްގެ ޖުމްލަ 38 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

އެމްއެންޕީގެ ޔޫތު ވިންގުގެ ލީޑަރ އުމައިރު އަޙްމަދު ވިދާޅުވީ އެވިންގުގެ ފަރާތުން މިފަދަ ގިނަ މުބާރާތްތަކެއް ކުރިޔަށް އޮތް ތަނުގައި އިންތިޒާމު ކުރާނެ ކަމަށާއި، އެމްއެންޕީއަކީ ޒުވާނުންނަށް ކުޅިވަރާއި ސިޔާސީ ހަރަކާތުގައި ފަހި ފުރުޞަތުތަކެއް ތަނަވަސް ކޮށްދޭނެ ޕާޓީއެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް