ads
އިމްތިގެ ކެމްޕެއިން ތެެރެއިން
އިންތި ނުހޮވިއްޖެނަމަ ރައީސް ނަޝީދު ޕާޓީތެރެއިން ބާކީ ވާނެ: ހަސަން ލަތީފް
ޗެއަޕާސަން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ނުހޮވިއްޖެނަމަ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީތެރެއިން އެކަހެރިވެ، ބާކީ ވެގެންދާނެ ކަމަށް ކުރީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
Advertisement

އައްޑޫ ސިޓީ ހިތަދޫގައި އިންތިގެ ކެންޕެއިން ޓީމުން ބޭއްވި ތަރާވީސް ބައްދަލުވުމުގައި ހަަސަން ލަތީފު ވިދާޅުވީ، މި ޗެއާޕަސަން އިންތިހާބަކީ 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ގެންދާނީ ކޮން ބޭފުޅެއްތޯ ކުރެވޭ ސުވާލުގެ ޖަވާބު ކަމަށެވެ. 

"އަޅުގަނޑުމެން ކުރިމަތީގައި މިއަދު އޮތީ އެންމެ ސުވާލެއް. ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބާކީ ކޮށް އެކަހެރިކޮށް، އެއްފަރާތްކޮށް 2023 ގެ އިންތިހާބަށް ދާނީތޯ؟ ނޫނީ ނަޝީދުގެ ވިސްނުފުޅާއި ތަސައްވުރާއިއެކީ އަދި މަސައްކަތާއިއެކު، 2023ގެ އިންތިހާބަށް ދާނީތޯ. މި އިންތިހާބުގެ ނަތީޖާއަކަށް ވާނީ މި ސުވާލަށް ޖަވާބު ލިބުން" ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ، ރައީސް ނަޝީދު ބާކީކޮށް އެކަހެރިކޮށް، އެމަނިކުފާނުގެ މަޝްވަރާއެއްނެތި 2023ގެ އިންތިހާބަށް ގޮސްގެން ހޯދޭނެ ކާމިޔާބެއް ނޯންނާނެކަން އެއީ އެމްޑީޕީގެ މެމްބަރުން ގަބޫލުކުރާނެ ކަމަށެވެ. އިންތި އިންތިހާބުކޮށްފިނަމަ އެ ގޮތަށް ކަންތައް ޕާޓީތެރޭ ނުހިގާނެކަން ފާހަގަކުރައްވާ ހަސަން ލަތީފް ވިދާޅުވީ، އޭރުން ރައީސް ނަޝީދު ހުންނަވާނީ ޕާޓީ ހިންގެވުމުގައި ޕާޓީގެ ރައީސްގެ ގޮތުގައި ކަމަށެވެ. އަދި 2023ގެ އިންތިހާބަށް އެމްޑީޕީން ދާނީވެސް އެމަނިކުފާނުގެ މަޝްވަރާއާއި އެކު ކަމަށެވެ. 

މިހާރުވެސް ޕާޓީތެރެއިން ނަޝީދު އެކަހެރިކުރަން މަސައްކަތް ކުރާކަން ފާހަގަކުރައްވާ ހަސަން ލަތީފު ވިދާޅުވީ، ނަޝީދަށް އަމާޒުވި ބޮމުގެ ހަމަލާއާއި ގުޅިގެން އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާތަކުގެ ކޯރަމް ހަމަނުވުން އެއީ އޭގެ ހެއްކެއް ކަމަށެވެ. އަދި އެ ކަން ސީދާ ކުރެއްވި ބަޔަކީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ވާދަވެރި މީހުން ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް