ads
ވެލާތައް ފުރޮޅާފައި
ފަޅު ރަށެއްގައި ފުރޮޅައި، އެކިވަރުގެ އަނިޔާ ދީފައި ހުރި ވެލާތަކެއް ސަލާމަތް ކޮށްފި
ލ. އަތޮޅުގެ ފަޅުރަށެއް ކަަމަށްވާ އަތަހެދާގެ ގޮޑުދޮށުގައި ފުރޮޅާފައި ހުރި ވެލާތަކެއް ސަލާމަތްކޮށްފި އެވެ.

މި ވެލާތައް ސަލާމަތް ކުރީ މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓީވް (އެމްޔޫއައި) ދަށުން ހިންގާ ވެލާ ކަހަނބު ހިމާޔަތްކުރުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "އޮލިވް ރިޑްލީ ޕްރޮޖެކްޓް" އިންނެވެ.

އެމީހުންގެ ބްލޮގުގައި ވާގޮތުން އެ ވެލާތައް ފެނުނީ އެރަށަށް ދިޔަ ފަތުރުވެރިންތަކަކަށެވެ. މިދިޔަ އާދިއްތަ ދުވަހު ސިކްސް ސެންސް ލާމް ރިސޯޓުގެ ވޯޓަ ސްޕޯޓު ޓީމުން އެތިން ފަތުރުވެރިން ގޮވައިގެން ދަތުރުފެށީ ޕްރައިވެޓް ޕިކްނިކް ބޯޓު ރައިޑަަކަށެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެމީހުން އަސްލު ދާން އުޅުނު ޕިކްނިކް އައިލެންޑަށް ދެވޭގޮތެެއް ނުވިއެވެ. އެހެންކަމުން ދެން އެމީހުން ނިންމީ އަތަހެދާ ކިޔާ އެ ފަޅު ރަށް ބަލާލަން ދިއުމަށެވެ.

އެމީހުންނަށް މި ވެލާތައް ފެނުނީ އެރަށަށް އަރާ ހިޔަލެއް ހޯދުމަށް ގޮޑުދޮށުގައި ހުރި ރުއްތަކެއް ދޮށަށް އިށީދެލަން ދިޔަތަނާ އެވެ. އެތަނުގައި ފަސް ވެލާ ފުރޮޅާފައި (ފުރޮޅާފައި އޮންނަ ވެލައަަކަށް އަމިއްލައަށް އަބުރާ މޫދަށް ނުދެވޭނެ) އޮއްވާ ފެނުނެވެ. އޭރު އެވަލާތަކުގެ އެއްވެސް ހަރަކާތެއް ނެތެވެ. ހުރިހާ ވެލައަކަށްވެސް ވަނީ އެކިވަރުގެ ކުދި އަނިޔާތައް ވެފައެެވެ. އެގޮތުން ކަރުގައި ބުޅި އަޅުވާފައިވާ ކަމުގެ ނިޝާނުގެ އިތުރުން ވެލާތަކުގެ ތޮށިގަނޑުން ވެސް އެކި އަނިޔާތައް ލިބިފައި ހުއްޓާ ފެނިފައިވެއެވެ. އަދި ވެލާތަކުގެ ލޯ ވަނީ ދުޅަވެފައެވެ. 

your imageވެލާތައް ދޫކޮށްލަނީ

ވޯޓަ ސްޕޯޓްސް ޓީމުން ވަގުތުން ސިކްސް ސެންސް ލާމް ރިސޯޓުގެ އެމްޔޫއައި ޓީމުގެ ސަމާލުކަމަށް އެކަން ގެނެސް އެހީއަށް އެދުނެވެ. އަދި އީޕީއޭގެ ސަމާލުކަމަށްވެސް އެކަން ގެނައެވެ. އެ ވެލާތައް ސަލާމަތްތެރި ކަމާއިއެކު މޫދަށް އަބުރާ ދޫކޮށްލާފައިވަނީ ފުލުހުންގެ ވެސް އެހީތެރި ކަމާއިއެކުއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް