ރިޔާޒް މިފަދައިން ވިދާޅުވެފައިވަނީ ހުޅުމާލޭގައި ބިދޭސީން ތަކަކަށް ވަޅިން ހަމަލާ ދިން މައްސަލައިގައި ކުރެއްވި ޓްވީޓެއްގަ އެވެ.
އެގޮތުން ރިޔާޒް ވިދާޅުވެފައި ވަނީ، ރައްޔިތުންނާއި ފަތުރުވެރިންގެ ރައްކާތެރިކަމަށް ވަގުތުން އަޅަންޖެހޭ ފިވަޔަޅުތައް އެޅުމަށް ސްވަޓް ފުލުހުން ފިސްތޯލަ ހިފައިގެން ރަށު ތެރޭގައި ހަރަކާތްތެރި ވާންޖެހޭ ހާލަތު އަތުވެއްޖެ ކަމަށެވެ. އަދި ގައުމު އަމާން ކުރެވޭނީ ފުލުހުން ބާރުވެރި ކުރުވިގެން ކަމަށް އެ ޓްވީޓްގައި ބުނެފައިވެ އެވެ.
ހުޅުމާލޭގައި 3 ބިދޭސީއަކަށް ވަޅިން ހަމަލާ ދިން މައްސަލަައިގައި މިހާތަނަށް ހަ މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެކަމަކީ ހަރުކަށި ފިކުރުގެ ބަޔަކު ކޮށްފައިވާ ކަމެއްކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.