ރައީސް އޮފީހުން ނެރެފައިވާ އެންގުމެއްގައި މި އަހަރުގެ ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއަށް މެއި މަހުގެ ފަސްވަނަ ދުވަސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިތުރުކުރައްވާފައިވާ ކަމަށެވެ.
މެއި ފަހެއްވާ ބުރާސްފަތި ދުވަސް އިތުރު ކޮށްފައިވަނީ އެހަފްތާގައި ސަރުކާރު ބަންދު ނޫން ދުވަހެއގެ ގޮތުގައި ދިމާވަނީ އެދުވަސް އެކަނި ކަމަށްވާތީއެވެ. ކަލަންޑަރުގައި ވާގޮތުން މެއި ދޭއް ވަނީ ފިތުރު އީދު ދުވަހަށެވެ. މެއިމަހުގެ އެކެއްވާ އާދީއްތަ ދުވަހަކީވެސް ބަންދު ދުވަހެކެވެ. އެއީ މެއިޑޭ ނުވަތަ މަސައްކަތްތެރީންގެ ދުވަހެވެ.
މިއީ، މިހެން ދިމާވާ ހާލަތްތަކުގައި މީގެ ކުރިންވެސް ސަރުކާރުތަކުން އަމަލު ކޮށްފައިވާ ގޮތެކެވެ.
މިއީ މުވައްޒަފުންނަށް ފަސޭހަ ކޮށްދީ ޗުއްޓީ އިތުރުކޮށްލުމަށް ދެވޭ ފުރުސަތެކެވެ.