ads
ރައީސް ނަޝީދު
"ގާތް މީހުންނަށް ބައި އަޅަން ހަދައިގެން މިތިބީ ބޮޑި ބޮއިފައި": ރައީސް ނަޝީދު
ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ، އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެެއް މިހަފްތާ އެއްކޮށްހެން ރައްދުކުރެވެމުންދާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގޫރޫޕް ތެރޭގައި މެމްބަރަކު ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުންނެވެ.
Advertisement

މި ޒުވާބުތައް ފެށިގެން އަަައީ ރައީސް ނަޝީދުގެ ކޮއްކޮ އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲގެ ފިރިކަލުން ސާބެގެ “ރިޔަން” ކުންފުންޏާއި މި ސަރުކާރުން ހަވާލުކޮށްފައިވާ އައްޑޫ މަސް ފެކްޓްރީތައް ނުހެދި ލަސްވުމުގެ ޒިންމާ ސަރުކާރުގެ ބޮލުގައި އަޅުވާ މެންބަރު އިލްޔާސް ލަބީބް އައްޑޫގައި އޮތް ބައްދަލްވުމެއްގައި ވާހަކަފުުޅު ދެއްކެވުމުންނެވެ.

ލަބީބުގެ މިވާހަކަތަކަަށް ވަޓްސް އެޕް ގުރޫޕްތެރޭ ރައްދުދެއްވައި، އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ނާއިބު ލީޑަރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)ފޮނުވި މެސެޖުގައި ވަނީ މަސްފެކްޓްރީ ލަސްވާ ވާހަކަ ދައްކަވަން އިލްޔާސް ލަބީބް ލަދު ގަންނަން ޖެހޭނެ ކަމަށާއި، އެ މަސައްކަތް ލަސްވަނީ އެކަން ނުކުރެވޭ ވަރުގެ ބަޔަކާ ހަވާލު ކުރުމުން ކަމަށެވެ.  

އެވާހަކަތަކަށް ތާއިދުކުރައްވާ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ފޮނުވި މެސެޖުގައި އޮތީ ރިޔަން ކުންފުންޏާއި ހަވާލުކޮށްފައި އޮތް އައްޑޫގެ ލޭންޑް ޔޫސް ޕްލޭން ހެދުން ވެސް ފޮނުވާލީ ޖައްވަށް ކަމަށެވެ.

އެ ދެ މެންބަރުންގެ ވާހަކަތަކަށް ރައްދުދެއްވާ ނަޝީދު ފޮނުވި މެސެޖުގައި "ގާތް މީހުންނަށް ބައި އަޅަން ހަދައިގެން މިތިބީ ބޮޑި ބޮއިފައި" ކަމަށް އޮތެވެ.



ނަޝީދުގެ އެ މެސުޖުގެ ރައްދުގައި ނިހާދު ވަނީ އީވާގެ ފިރިކަލުންގެ ކުންފުންޏަށް މަސް ފެކްޓްރީ ޕްރޮޖެކްޓް ހަވާލުކުރީ އިލްޔާސް ލަބީބުގެ އެދުމަކަށް ކަމަށާއި، ނަޝީދު ވިދާޅުވާ ވާހަކަފުޅު ރަނގަޅު ކަމަށް ވިދާޅުވެފައެވެ.

ނަޝީދަށް ރައްދުދެއްވުމުން ހިތްހަމަޖެހިވަޑައި ނުގަތް ނަޝީދު ރައްދުގައި ވިދާޅުވީ، ނިހާދު، އެމަނިކުފާނު ގާތުގައި ފާޑުފާޑުގެ ވާހަކަ ދައްކަވަނީ އައްޑޫ މަސް ފެކްޓްރީތަކަށް ވީގޮތް އޮޅިގެނެއް ނޫން ކަމަށާއި، ރައްދުދެއްވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށެެވެ.

“ނިހާދުއަކަށް ނުޖެހޭނެ އަޅުގަނޑަށް ރައްދު ދޭކަށް"
ނަޝީދު ވިދާޅުވިއެވެ.



ނަޝީދު މިގޮތަށް ހިތްހަމަޖެހިވަޑައި ނުގަތުމުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް ވެސް ރައްދުގައި ވަނީ، އަބުރާއި އިއްޒަތް އޮތްް ހަމައެކަނި ބަޔަކީ މާލެ އާއި މާލެ ކައިރި ރަށްރަށުގެ ބޮޑުންތޯ ސުވާލު ކުރައްވާފައެވެ.

83%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް