ads
ދީޕިކާ އާއި ރަންވީރު---
ދީޕިކާ އާއި ރަންވީރު ރާއްޖޭގައި
ބޮލީވުޑުގެ މަޝްހޫރު ތަރި ދީޕިކާ ޕަޑުކޯނާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ރަންވީރު ސިންގް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
Advertisement

އެނގިފައިވާ ގޮތުގައި ދީޕިކާ އާއި ރަންވީރު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އަދި އެމީހުން ޗުއްޓީ ހޭދަކުރަމުންދަނީ ނ އަތޮޅު ރިސޯޓެއްގައެވެ. 

މިހާތަނަށް ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް އެތަނުން އެކަކުވެސް ހިއްސާކޮށްފައިނުވެއެވެ. ނަމަވެސް ދީޕިކާ ވަނީ އޭނާ އާއި ރަންވީރު ޗުއްޓީ އަކަށް ދާންއުޅޭކަން އިންސްޓަގުރާމު މެދުވެރިކޮށް އަންގާފައެވެ. ނަމަވެސް އެއީ ރާއްޖެ ކަމެއް ބުނެފައެއް ނުވެއެވެ.

އެދެމީހުން ޗުއްޓީ ހޭދަކުރަމުންދަނީ ދެމީހުން މިދިޔަ އަހަރުވެސް ރާއްޖެ އައިސް ޗުއްޓީ ހޭދަކުރި ރިސޯޓު ކަމަށް ވެއެވެ. ދީޕިކާ އާއި ރަންވީރު މީގެ ކުރިން ދެފަހަރެއްގެ މަތިން ވަނީ ރާއްޖެއައިސްފައެވެ. އެންމެ ފަހުން އެމީހުން ރާއްޖެއައީ ހަނީމޫން އަށާއި ދީޕިކާ އުފަން ދުވަސް ފާހަގަކުރުމަށެވެ.

ހަ އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ދީޕިކާ ވަނީ ރަންވީރު މިދިޔަ އަހަރު ނޮވެންބަރު މަހުގެ 14 ގައި ކައިވެނިކޮށްފައިވާއިރު އެމީހުންގެ ކައިވެނި ހަފްލާ ބާއްވާފައިވަނީ އިޓަލީގެ ލޭކް ކޯމޯގެ ވިލާ ޑެލް ބަލްބިއާނެއްލޯގައެވެ.

ދީޕިކާ އެންމެ ފަހުން ފެނިގެންދިޔައީ "ޗަޕާކް" އިންނެވެ. އެފިލްމަށް އެހާ ބޮޑު ކާމިޔާބެއް ލިބިފައެއް ނުވެއެވެ.

އެންމެ ފަހުން މިދިޔަ އަހަރުގެ ކުރީކޮޅު ނެރުނު ފިލްމު "ގަލީ ބޯއީ" އިން ފެނިގެން ދިޔަ ރަންވީރުގެ ކުރިއަށް އޮތް ފިލްމަކީ ކަބީރު ހާނުގެ "83" އެވެ. އެ ފިލްމުގައި ރަންވީރުގެ އަންހެނުން ދީޕިކާ ޕަޑުކޯން ވެސް ފެނިގެންދާނެ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް