ads
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން
އިނގިރޭސި ބޮޑުވަޒީރު ރަޝިޔާ ރައީސަށް "ކިނބުލަށް" ގޮވައިފި
ރަޝިޔާގެ ރައީސް ލަޑިމިއަރ ޕޫޓިން އަކީ ޔޫކްރެއިންގެ "ފައިގައި" ދަތްއަޅައިގެން އޮތް ކިނބުލެއް ފަދަ މީހެއް ކަމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.
Advertisement

ބުރާސްފަތި ދުވަހު އިންޑިއާއަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ ޔޫކްރެއިންއިން ރަޝިޔާއާއެކު މަޝްވަރާކުރެވިދާނެ ގޮތެއް ދެކެވަޑައިނުގަންނަވާ ކަމަށާއި ހުޅަނގުން ޔޫކްރެއިންއަށް އާޓިލިރީ އާއި އެހެނިހެން ހަތިޔާރު ފޮނުވަމުން ގެންދާނެ ކަމަށެވެ.

"ޔޫކްރެއިންގެ ރައްޔިތުން ޕޫޓިންއާ މަޝްވަރާ ކުރާނީ ކިހިނެއްތޯ ބެލުމަކީ ވަރަށް އުނދަގޫ ކަމެއް. އޭނާގެ ރަނގަޅު ނިޔަތެއް ނެތުމާއި އޭނާގެ ސްޓްރެޓެޖީ. ޔޫކްރެއިން މީހުން ހިފަހައްޓަން މަސައްކަތް ކުރުން.  އަދި އޭގެ ފަހުން ކޮންމެވެސް ވަރެއްގެ ބާރެއް ލިބުމުން  މަޝްވަރާއެއް ކުރަން މަސައްކަތް ކުރުން. ނުވަތަ ކިއޭވްއަށް އިތުރު ހަމަލާއެއް ދޭން މަސައްކަތް ކުރޭ" ޖޯންސަން ވިދާޅުވިއެވެ.

ޖޯންސަން ވިދާޅުވީ ޕުޓިންއަކީ "ސައްހަ މުއާމަލާތް ކުރާ" ބޭފުޅެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، މިއީ ޔޫކްރެއިންގެ ރައްޔިތުން ނިންމަން ޖެހޭ ކަމެއް ކަމަށެވެ. އެހެންނަމަވެސް އިނގިރޭސިވިލާތާއި ނޭޓޯގެ އެކުވެރި ގައުމުތަކުން ކިއޭވްއަށް ފައިސާއާއި ހަތިޔާރު ފޯރުކޮށްދެމުން ގެންދާނެއެވެ.

ޔޫކްރެއިންއާ މެދު ޖީ ހަތެއްގެ ލީޑަރުންގެ އިއްތިފާގުވެފައިވަނީ އެ މީހުންނަށް ދިފާއުވުމަށް، ހާއްސަކޮށް އާޓިލިރީ އާ އެކު އެ މީހުންނަށް އެހީވާން ބޭނުންވާ ތަކެތި ސަޕްލައި ކުރުން މަތީ ދެމި ތިބުން ކަމަށް ޖޯންސަން ވިދާޅުވިއެވެ.

25%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް