ads
އާލިއާ އާއި ރަންބީރު އަދި ނީތޫ ކަޕޫރު--
ރަންބީރާއި އާލިއާގެ ކައިވެނި ޑިސެމްބަރުގައި!
ބޮލީވުޑުގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރާއި އާލިއާ ބަޓުގެ ކައިވެނީގެ އަޑުތައް ގަދަވެފައިވަނިކޮށް މި ދެތަރިން މިއަހަރުގެ ޑިސެމްބަރުގައި ކައިވެނިކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރަންބީރާއި އާލިއާގެ ކައިވެންޏަކީ މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ކައިވެންޏެކެވެ. އެގޮތުން މިކައިވެންޏާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ފެތުރެމުން އަންނައިރު މިހާރު ހަބަރުތައް ބުނާ ގޮތުގައި މި ދެ ތަރިން ކައިވެނި ކުރާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. 

އެގޮތުން މި ކައިވެނި އޮތީ އެ ދެތަރިން އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމު، "ބްރަހްމަސްތުރާ" އަށް ފަހު ކަމަށް ވެއެވެ. މި ފިލްމު ނެރެން ނިންމާފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހެވެ. މިހެންކަމުން، އާލިއާ އާއި ރަންބީރުގެ ކައިވެނި އޮންނާނީ އެ ތާރީހަށް ފަހެވެ. 

އުމުރުން މިހާރު، 26 އަހަރުގެ އާލިއާ އާއި 37 އަހަރުގެ ރަންބީރު ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު މި ދެ ތަރިންގެ ގުޅުމަށް އެކަކު އަނެކަކުގެ އާއިލާއިން ވެސް ވަރަށް ރުހެ އެވެ.

އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި މި ދެތަރިންގެ ކައިވެނި އޮތް ނަމަވެސް މިހާރު ދެ އާއިލާއިން ވެސް ކައިވެނީގެ ތައްޔާރީތައްވަމުން އަންނަ ކަމަށް ވެއެވެ.

އާލިއާ އާއި ރަންބީރުގެ ކައިވެންޏާ ގުޅޭގޮތުން ރަންބީރާ ސުވާލު ކުރުމުން އޭނާ ވަނީ ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެކަން ކުރާނެ ދުވަހެއް ބުނެފައެއް ނުވެ އެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް