ads
ހިންނަވަރަށް ފުރާވަޑައިގަންނަވަނީ
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ހިންނަވަރަށް ވަޑައިގެންފި
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޅ. ހިންނަވަރަށް ފުރާ ވަޑައިގެންފި އެވެ.

މި ދަތުރުފުޅާއި ބެހޭގޮތުން ރައީސް އޮފީހުން އެއްވެސް އެއްޗެއް ހާމައެއް ނުުކުރެއެވެ. ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަަޒީޒް ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ހިންނަވަރަށް ވަޑައިގަންނަވާކަން ވަނީ ހާމަކުރައްވާފައެވެ.

އެ ދަތުރުފުޅަށް ފުރާވަޑައިގަންނަވަނިކޮށް ނަގާފައިވާ ފޮޓޯތަކުން ރައީސް ސޯލިހުގެ އަރިހުގައި ޑިފެންސް މިނިސްޓަރު މާރިޔާ ވެސް ހުންނެވިތަން ފެނެއެވެ.

your imageހިންނަވަރު ދަތުރުގައި މާރިޔާ ވެސް ބައިވެރިވެވަޑައިގަންނަވާ 

ނަމަވެސް އާއްމުކޮށް ނުރަސްމީ އަދި ރަސްމީ ދަތުރުތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާ ރައީސްގެ އަނބިކަބަލުން މެޑަމް ފަޒްނާ މިދަތުރުގެ ފޮޓޯތަކުން  ފެނިވަޑައެއް ނުގަންނައެވެ.

މިމަމަހުގެ 14 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން، ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވެސް ވަޑައިގެންފައެވެ.

އެ ދަތުރުފުޅު ނިންމަލާލެއްވުމަށްފަހު އެނބުރި ވަޑައިގަތީ މިިދިޔަ ހޯމަ ދުވަހުއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް