ads
ހަމަލަދިން ރެސްޓޯރެންޓް ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: ސީއެންއެމް
ރެސްޓޯރެންޓެއްތެރޭ ހަމަލާދީ މަރާލި ބަގްލަދޭޝް މީހާގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި
ހުޅުމާލެ ރެސްޓޯރަންޓެއް ތެރޭ ތޫނު އެއްޗަކުން ހަމަލާދީ މަރާލި ބަގްލަދޭޝް މީހާގެ ހަށިގަނޑު ގައުމަށް ފޮނުވާލަައިފި އެވެ.

މަރުވި އެމްޑީ ޝަމީމްގެ ހަށިގަނޑު ގައުމަށް ފޮނުވާލީ ރޭގެ ވަގުތެއްގައެވެ. ޝަމީމްގެ ހަށިގަނޑު ފޮނުވާލާފައި މިވަނީ އެކަމަށް އާއިލާއިން އެދެމުން ދަނިކޮށެވެ.

ޝަމީމްއަށް ވަޅިން ހަމާލާދިނީ ހުޅުމާލެ ހާންޖީ ނަމަކަަށް ކިޔާ ރެސްޓޯރެންޓުގައި އޭނާއާއިއެކު ބަދިގޭގައި ކައްކާގެ ގޮތުގައި މަސައްކަތްކުރި ޕާކިސްތާންއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ މުހައްމަދު އަބީދު އެވެ.

ޝަމީމް އެވަގުތު މަސައްކަތް ކުރަމުންދިޔައީ ކިޗަން ހެލްޕަރެއްގެ ގޮތުގައެވެ. ދެމީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭ ޝަމީމުގެ ހަށިގަނޑުގެ އެތައް ތަނަކަށް ވަޅި ހެރުމަށްފަހު އަބީދު ފިލީއެވެ. އޭނާ ފުލުހުން ހައްޔަރުކުރީ އަނެއް ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަތިރިމަތިންނެވެ.

މި ހާދިސާގައި ޝަމީމް ޒަހަމުވެގެން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ ހުއްޓިފައެވެ. ފަހުން އޭނާ މަރުވިކަން ހޮސްޕިޓަލުން ކަށަވަރުކޮށްދިނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް