އެމްއެންޑީއެފުން ބުނީ މަސްދޯނި ފުންކުރެވިފައިވަނީ މިއަދު ހަވީރު 17:10 ހާއިރު ކަމަށެވެ. މި ހާދިސާގައި ދޯނީގެ ހުންގާނު ބިންދައިގެންގޮސް، ބުރަފައްޗަށް ވަނީ ގެއްލުންތަކެއް ވެފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެ ރަށު ނެރުގެ ކަންމައްޗަށް އެ ދޯނި އުރިފައިވަނީ ރޭ 19:22 ހާއިރު އެވެ.
ދޯނީގައި އެވަގުތު 19 ދިވެހި މަސްވެރިން ތިބިއިރު، ދޯނި ފުންކުރުމުގެ މަސައްކަތުގައި އެމީހުންވެސް އެވަގުތުން ފެށިގެން ހަރަކާތްތެރިވަމުން ދިޔައެވެ.