ads
އައިޝަތު ޝައިހާ----
އެމަޖެންސީގައި މާލެ ގެނައި 22 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ
ތ. ހިރިލަންދޫ އައިޝަތު ޝައިހާ ކުއްލި އަކަށް ބަލިވެ ގަދަޔަށް ބޮލުގައި ރިއްސާ ވަރުދެރަވެ ހޮޑުލެވޭތީ އެމެޖެންސީގައި މާލެ ގެނައިތާ ހަފްތާ އެއްތެރޭ ނިޔާވެއްޖެ އެވެ.

ހިރިލަންދޫ ސިއްހީ މަރުކަޒުން އެމެޖެންސީގައި ޝައިހާ އައިޖީއެމްއެޗަށް ގެނައީ ހަފްތާއެއް ކުރިންނެވެ.

ޝައިހާގެ އާއިލާއިން "ސީއެންއެމް" އަށް މައުުލޫމާތު ދެމުން ބުނީ، ޝައިހާ އަކީ ކުރިން "ނޯމަލް" ކޮށް ހުރި ކުއްޖެއް ކަމަށާއި، ރަށު ސިއްހީ މަރުކަޒަށް ދެއްކީ ކުއްލިއަކަށް ގަދަޔަށް ބޮލުގަ ރިއްސާ ވަރުދެރަވެ ހޮޑުލަވޭތީ ކަމަށެވެ. އޭރު މުޅި މީހާ އެއްކޮށް ރީދޫވެފައިވާކަމަށް އާއިލާއިން ބުންޏެވެ. 

އަދި ޑޮކްޓަރު ބެލި ބެލުމުން އެގުނީ ޝައިހާ ގައިގައި ލޭމަދުވެ ލޭ ހުރީ އެންމެ ހަތް އިންސައްތައިގައި ކަމެވެ. ރަށު ސިއްހީ މަރުކަޒުން ފަރުވާ ދެމުން ދަނިކޮށް ކުއްލިއަކަށް ފަސް އިންސައްތަ އަށް ލޭމަދުވެ ހާލު ބޮޑުވާން ފެށުމުން އެމެޖެންސީގައި މާލެ ފޮނުވީ ކަމަށް އާއިލާއިން ބުނެއެވެ.

އައިޖިއެމްއެޗަށް ގެނެސް ފަރުވާދޭން ފެށިނަމަވެސް ހާލަތު ރަނގަޅުވަމުން ނުދާތީ އައިޖީއެމްއެޗުން އެދުނީ އިންޑިއާއަށް ދިއުމަށެވެ. 

އެ ލަފަޔާއެކު އިންޑިއާ އަށް ފުރުމުގެ ކަންކަން ކުރަމުން ދަނިކޮށް، ޝައިހާ ނިޔާވެފައިވަނީ ލޭ ހުސްވެ ހިތް ހުއްޓިގެން އިއްޔެގެ ވަގުތެއްގައެވެ.

7%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
2%
ވަރަށް ސަލާމް
ކޮމެންޓްސް