ads
އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު
ލައިލަތުލް ގަދްރިވިލޭރޭ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރައްވާ: މިނިސްޓަރު
މިރެއިން ފެށިގެން ލައިލަތުލް ގަދްރިވިލޭރޭ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރެއްވުމަށް އެންމެހާ ދިވެހި ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަޑައިގެން އެކަމަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ އެކަމަށް އެދިވަޑައިގެންފި އެވެ.

ރަމަޟާން މަހު ކޮންމެ ދުވަހަކު ހަވީރު މިނިސްޓަރު ގެނެސް ދެއްވާ ނަސޭހަތުގެ ބަސްކޮޅުގައި މިއަދު، ފަހު ދިހަ އާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވީ ރަސޫލާ ﷺ ހަދީސް ކުރައްވަނީ ލައިލަތުލް ގަދްރިވިލޭ ރޭ ހޯދުމަށްޓަކައި ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރޭ ތަކުގައި މަސައްކަތްކުރަން ކަމަށެވެ. 

އެހެންކަމުން ފަހު ދިހައިގެ އޮނަހިރި ރޭ ތަކުގައި އަޅުކަމުގައި ވަގުތު ހޭދަކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މަސައްކަތުގައި އުޅޭއިރު ވަގުތު ހެޔޮގޮތުގައި ހިފިދާނެކަމަށާއި ގޭތެރޭގައި ނުވަތަ އޮފީހުގައި ނުވަތަ އެއްތަނުން އަނެއްތަނަށް ދިޔުމުގައިވެސް ދުއާ ކުރުމާއި ޒިކުރު ކުރުމާއި ތަސްބީހަކިއުން މަތީ ދެމިތިބެވޭނެކަމަށެވެ. 

ވީހާ ވެސް ގިނައިން މަސައްކަތް ކުރަންޖެހޭނީ ހެޔޮއެއްޗެއް ކިޔެވޭތޯކަމަށާއި މިރޭ ހޯދުމަށްޓަކައި ގަދައަޅާ މަސައްކަތްކުރާއިރު ވީހާވެސް ގިނައިން އަޅުކަމުގައި ވަގުތު ހޭދަކުރެވޭތޯ ބަލަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އަދި ރަސޫލާ ﷺ އަރިހުން ވާރިދުވެފައިވާ ދުއާތައް ކިޔުމުގައި ވީހާ ވެސް ގިނަ ވަގުތު ހޭދަކުރަން ޖެހޭކަމަށް ވެސް ޑރ. ޒާހިރު ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް