އެނގިފައިވާގޮތުގައި ޕްރިންސިޕަލް ޝާތިރު މަގާމުން ވަކިކޮށްދިނުމަށް އެދި މިދިޔަ އަަހަރުގެ ފަހުކޮޅު ގިނަ އަަދަދެއްގެ ޓީޗަރުންނާއި ބެލެނިވެރިން ސޮއިކޮށް މިނިސްޓްރީ އޮފް އެޑިއުކޭޝަންއަށް ވަނީ ޕެޓިޝަނެއް ހުށައަޅާފައެވެ.
އެ ޕެޓިޝަންގައި ޝާތިރާ މެދު ހިތްހަމަނުޖެހޭ ގިނަ ސަބަބުތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ޝާތިރުގެ ކިބައިގައި ހިންގުންތެރި ކަމެއް ނެތް ކަމަށް ވެސް އެޕެޓިޝަނުގައި ވާކަމަށް ވެއެވެ.
މިދިތަ އަހަރު ނިމުނުއިރު އެޑިއުކޭޝަން މިނިސްޓްރީން އެކަމާ އެއްވެސް ފިޔަވަޅެއް ނޭޅި ނަމަވެސް މިދިޔަ މަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ވަނީ އެސުކޫލްގެ އިސްވެރިންނާ ބައްދަލުކޮށްފައެވެ.
އަދި މި ހަފްތާގެ އާދިއްތަ ދުވަހު މިނިސްޓްރީގެ ބައެއް އިސްވެރިން އެ ސުކޫލަށް ގޮސް މެނޭޖްމަންޓާއި ބައްދަލުކޮށް ސުކޫލްގެ އިސް މަގާމުތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް އަންގާފައިވާ ކަމަށް ވެއެވެ.
އެގޮތުން އެ ސްކޫލުގެ ހިންގުން ވަގުތީ ގޮތުން، ހަވާލުކޮށްފައިވަނީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދަށެވެ.
ޕްރިންސިޕަލްގެ އިތުުރުން ވަޒީފާއިން ވަކިކޮށްފައިވަނީ ދެ ޑެޕިއުޓީ ޕްރިންސިޕަލުން ކަމަށްވާ ލަތީފާ އަހުމަދު އަދި ޝަކީބާ އަލީއެވެ. ލަތީފާ އާއި ޝަކީބާގެ ސަބަބުން އެސުކޫލުގެ ހިންގުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް ބައެއް ޓީޗަރުުން ވަނީ ބުނެފައެވެ.