ads
ހައްޖު ކޯޕަރޭޝަނުގެ ދަތުރުވެރިއެއް ފޮޓޯއަކަށް ހުއްޓިގެން
ރާއްޖެއަށް ހައްޖު ކޯޓާ ލިބުނު އަދަދު ސައުދީން އަދި ނާންގާ: އިސްލާމިކް މިނިސްޓްރީ
މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއަށް ހައްޖު ކޯޓާ ލިބޭނެ އަދަދު އަދި ސައުދީން ރަސްމީކޮށް އަންގާފައި ނުވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލު އަފްރާހު އިސްމާއިލް "ސީއެންްއެމް" އަށް ވިދާޅުވީ، ރާއްޖެއަށް ކޯޓާ ލިބޭނެ އަދަދުކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތަކާއި ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ އަދަދަކީ އަދި ސައްހަ އަދަދުތަކެއްކަން ކަށަވަރުނުވާ ކަމަށެވެ. 

"ސައިދީން އަދި މިނިސްޓްރީއާއި ރަސްމީކޮށް ހިއްސާކޮށްފައެއް ނުވޭ ސީދާ އަދަދެއް. އަޅުގަނޑުމެން އެމައުލޫމާތު ސައުދީން ހިއްސާ ކުރިހާ އަވަހަކަށް އެ މައުލޫމާތު އާއްމުކުރާނަން." އަފްރާހް ވިދާޅުވިއެވެ.

ނަމަވެސް މިއަހަރު ލިބޭނެ ކޯޓާ ކުރީ އަހަރުތަކަށްވުރެ މަދުވާނެކަން ސައުދީން އަންގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން ރާއްޖެއަށް 1000 ހައްޖު ކޯޓާ ސައުދީ ސަރުކާރުން ދިޔައީ ދެމުންނެވެ. 

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ލިބޭ އެއް މިލިއަން މީހުންގެ ތެރެއިން 85 އިންސައްތަ އަކީ ސައުދީ ނޫން އެހެން ގައުމު ތަކުގެ މީހުންނެވެ. މީގެ ތެރެއިން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވަނީ 453 ކޯޓާ ކަން މަސްޖިދުލް ހަރަމްގެ ޓުވިޓާ އެކައުންޓުން އާއްމުކުރި ލިސްޓުގައި ވަނީ ބުނެފައެވެ. 

މަސްޖިދުލް ހަރަމްގެ ޓުވިޓާ އެކައުންޓުން އާއްމުކުރި ލިސްޓުގައި ވާގޮތުން މިއަހަރު އެންމެ ގިނަ ކޯޓާ ލިބިފައިވަނީ، އިންޑޮނޭޝިއާ އަށެވެ. އެގައުމަށް 100،051 ކޯޓާ ދިނުމަށް ނިންމާފައި ވާއިރު، ދެވަނައަށް އެންމެ ގިނަ ކޯޓާ ދީފައި ވަނީ ޕާކިސްތާނަށެވެ. ޕާކިސްތާނަށް 81،132 ކޯޓާ ލިބިފައިވާއިރު 79،237 ކޯޓާ އާއި އެކު ތިން ވަނައަށް އެންމެ ގިނަ ކޯޓާ ލިބިފައިވަނީ އިންޑިއާ އަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް