ads
އައިމިނަތު ދިޔެ---
ތުހުމަތުތަކުގެ ސަބަބުން އައިމިނަތުދިޔެ އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ހުށަަހަޅަނީ
އައްޑޫ ސިޓީ ހިތަދޫގައި އުމުރުން ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުކޮށް ހައްޔަރުކުރި 59 އަހަރުގެ އަންހެންމީހާ އަށް އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އޭނާގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހަަޅަން ނިންމައިފި އެވެ.
Advertisement

ނަން ނުޖެހުމަށް ޝަރުތުކޮށް "ސީއެންއެމް"އަށް މައުލޫމާތު ދިން ފަރާތަކުން ބުނީ އެކަމުގެ ބަދަލު ހޯދުމަށް މާދަމާ ކޯޓަށް އެމައްސަލަ އައިމިންދިޔެގެ ފަރާތުން ހުށަހަޅާނެ ކަމަށެވެ. އައިމިންދިޔެ ފްރޭމްކޮށް ހައްޔަރުކުރުމުގެ ސަބަބުންނާއި، ބަންދުގައި ހޭދަވި މުއްދަތުގައި ނަފްސާނީ ގޮތުން ގިނަ ގެއްލުންތަކެއް ލިބިފައިވާކަމަށް އެ ފަރާތުން ބުންޏެވެ. ނަމަވެސް އެމައްސަލައަކީ ކޯޓު މަރުހަލާއަކަށް ދާން އޮތް ކަމަކަށްވުމުން މައްސަލައިގެ އިތުރު މައުލޫމާތުތައް ހިއްސާކުރެވެން ނެތްކަމަށް އެ ފަރާތުން ބުންޏެވެ. 

އާއިލާއިން ތުހުމަތުކުރާ ގޮތުގައި އެ އަންހެންމީހާ އާއި އެ ޖިންސީ ގޯނާގެ މައްސަލައާއި އެއްވެސް ގުޅުމެއް ނެތެވެ. ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ ކުއްޖާގެ ކާފަކަމަށް ބުނެ އައްޑޫގައި ސިލްސިލާ މުޒާހަރާތަކެއްވެސް ކުރިއެވެ. 

މުޒާހަރާތަކުގައި ގޮވާލާފައިވަނީ އަންހެންމީހާ ވަނީ ފްރޭމްކޮށްފައި ކަމަށާއި، އޭނާ ވަގުތުން ދޫކޮށްލުމަށްފަހު ކުއްޖާގެ ކާފަ ހައްޔަރުކުރުމަށެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ އެމައްސަލާގައި އިތުރު މީހެއްގެ މައްޗަށް ތުހުމަތުކުރެވޭވަރުގެ ހެއްކެއް ނުލިބޭ ކަމަށެވެ.

މައްސަލައާ ގުޅިގެން އަންހެންމީހާ ހައްޔަރުކޮށްފައިވަނީ މާރިޗް 24 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދު ކުރުމަށް އަމުރުު ކުރިއެވެ.

އެ މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކާއެކު، ޖިނާއީ ދައުވާއެއް ކުރުމާމެދު ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފުލުހުން ހުށަހެޅުމުން މައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެއްކާއި ގަރީނާ ވަޒަންކުރުމަށްފަހު، ޖިނާއީ ދައުވާއެއް ކޮށްގެން ކުށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާކަމަށް ބަޔާންކޮށް ޕީޖީ އޮފީހުން މައްސަލަ ވަނީ އަނބުރާ ފޮނުއްވާލާފައެވެ. އެހެންކަމުން އައިމިނަތުދިޔެ ބަންދުން ދޫކޮށްލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ. 

82%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް