ads
މުހައްމަދު އާބިދު
ރެސްޓޯރެންޓް ތެރޭ މީހަކު މަރާލި ޕާކިސްތާނު މީހާގެ އާއިލާ ރާއްޖެ އަތު ވެއްޖެ
ހުޅުމާލޭގައި ހުންނަ ޕާކިސްތާނުގެ ކެއުންތަކަށް ހާއްސަ 'ހާންޖީ' ރެސްޓޯރަންޓުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝް ވޭޓަރު މަރާލި އެ ރެސްޓޯރަންޓުގެ ޕާކިސްތާން ކައްކާގެ އާއިލާ ރާއްޖެ އަތުވެއްޖެ އެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕާކިސްތާނު ކައްކާ އުމުރުން 26 އަހަރުގެ މުހައްމަދު އާބިދުގެ ބައްޕަ އާއި އެއާއިލާގެ އިތުރު ބަޔަކު މިދިޔަ ބުދަ ދުވަހު ވަނީ ރާއްޖެ އައިސްފަ އެވެ. 

އެމީހުން ރާއްޖެ އައިސް އާބިދު އަށް ވަކީލަކު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އައި ނަމަވެސް އެއާއިލާގެ މާލީ ފެންވަރުގެ ސަބަބުން އަދި ވަކީލަކު ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. 

އަދި މަރުގެ މައްސަލަ އަކަށް ވުމުން ޕާކިސްތާން އެމްބަސީން ވެސް އެހާ ބޮޑު ސަމާލުކަމެއް މި މައްސަލަ އަށް ނުދޭ ކަމަށްވެސް އެއާއިލާ އާއި ހަވާލާދީ ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. 

އެ ރެސްޓޯރަންޓުގެ ވޭޓަރަށް ވަޅިން ހަމަލާދީ މަރާލި ކަމުގެ ތުހުމަތުގައި އާބިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިމަހުގެ 17 ވަނަ ދުވަހު ހުޅުމާލޭ ކޯޓަށް ގެންދިއުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. 

މި މާރާމާރީ ހިންގި ސަބަބު އަދި ސާފު ވެފައެއްނުވެއެވެ. ނަމަވެސް އާބިދުއަކީ ރުޅިގަދަ މީހެއް ކަމަށާއި އޭނާއަކީ ކުރިން ވެސް މާރާމާރީ ހިންގާ މީހެއް ކަމަށް އޭނާ ދަންނަ ބައެއް މީހުން ބުނެފައިވެއެވެ.

ބަންގުލަދޭޝް މީހާގެ ކަރާއި މެއަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު މޫނުމަތީގައި ވެސް ޒަޙަމް ހުރިކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.

31%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
46%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް