ads
ހަމަލާދޭތަން ފެންނަ ސީސީޓީވީ ފުޓޭޖްގެ ސްކްރީން ޝޮޓެެއް
މުދިމަށް ވަޅިން ހަމަލާދިން މައްސަލާގައި ދައުވާކޮށްދޭން އެދިއްޖެ
ތ. ދިޔަމިގިލީ މިސްކިތުގެ މުދިމަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލި މައްސަލައިގެ ތަހުގީގުތައް ނިންމާ ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.
Advertisement

އެމައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިއަދު އެވެ. ދިޔަމިގިލީގައި ވަޅިން ހަމަލާދީ ޒަހަމުކޮށްލީ އެ ރަށު މުދިމުކަމާއި ވަގުތީ ގޮތުން ހަވާލުވެގެން ހުރި އުމުރުން  55 އަހަރުގެ އަހުމަދު ރަޝީދު މުހައްމަދު ނަމަކަށް ކިޔާ މީހަކެވެ. އެ ހަމަލާދީފައިވަނީ މިދިޔަ މާޗު މަހުގެ 13ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

އަހުމަދު ރަޝީދުގެ ބުރަކަށީގެ ފަސް ތަނަކަަށް ވަޅިން  ހަމަލާދިނުމުގެ ސަބަބުން ފުން ޒަހަމުތަކެއް ލިބިފައިވާއިރު، އޭނާގެ ކަރަށްވެސް ފުން ޒަހަމެއް ވަނީ ލިބިފައެވެ. ޖުމްލަ 13 ތަނަކަށް ވަޅި ހަރާފައިވާކަމަށް ވެއެވެ. 

މި މައްސަލަ އާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ، އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މަޑިފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އޮތީ އަމުރު ކޮށްފަ އެވެ.  

ގަޔަށް ވަޅި ޖެހުމުގެ ކުރިން އެދެމީހުން ތިބީ މަގުމަތީގައި ވާހަކަދައްކާށެވެ. ރަޝީދު ބައިސިކަލްގައި އިން އިރު ބައިސިކަލްގެ ހުއްޓުވައިގެން އިނީ އެމީހަކާއި ވާހަކަދައްކަން ކަމަށް ބެލެވެެއެވެ.

އިރުކޮޅެއް ނުވެ ކުއްލިއަކަށް ރަޝީދަށް ހަމަލާދޭ މަންޒަރު ފެނެއެވެ. ހަމަލާދޭން ފެށުމުން އެމަގުގެ އެއްއަރިމަތީ ހުރި ފާރުބުޑަށް ރަޝީދު ވެެއްޓި ސަލާމަތްވާން މަސައްކަތް ކުރާތަން ފެނެއެވެ. ނަމަވެސް އެއްވެސް ރަހުމެއްނެތި ތަކުރާރުކޮށް އެތައް ފަހަރަކު ބިންމަތީ އޮތް ރަޝީދުގެ އެތައް މިތަނަށް ބާރަށް ވަޅި ހަރާތަން އެ ވީޑިއޯއިން ފެނެއެވެ.

އެތައް ފަހަރަކު ހަމަލާ ދިނުމަށްފަހު އޭނާ ހިނގައިގަންނަތަން ފެނެއެވެ. ނަމަވެސް އަނެއްކާވެސް ގޮސް ރަޝީދުގެ ބުރަކަށްޓަށް ތަކުރާރުކޮށް ވަޅިން ހަމަލާދޭތަން ފެނެެއެވެ.

ހަމަލާދިނުމަށްފަހު ރަހުމެއްވެސް ނެތި އަތުގައި އޮތް އެއްޗެއް ރަޝީދުއާއި ދިމާލަށް ހޫރާލާފައި ބަލަމުން ގޮސް ރަޝީދަށް ހަމަލާދިން ވަޅީގައި ހުރި ލޭތައް އެމަގުގައި ބަހައްޓާފައި ހުރި ވެލި ގޯންޏަކުން ފޮހެލާތަންވެސް އެ ވީޑިއޯއިން ފެނެއެވެ. އަދި އެއަށްފަހު ރަޝީދު ފާރުބުޑުގައި އޮއްވާ އޭނާ ގޮސް އޮބާލާތަން ފެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް