ޔާމީންގެ ސުލޫކީ މައްސަލައެއް ބަލަމުން އަންނަ ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް އެޗްއާރްސީއެމްއިން ހާމައެއް ނުކުރެއެވެ.
މިމައްސަލަ ބަލަމުންދަނިކޮށް އޭނާ އިސްތިއުފާގެ ސިޓީ ކޮމިޝަނަށް ހުށަހަޅާފައި ވީނަމަވެސް އެޗްއާރްސީއެމްއިން ބުނީ އޭނާގެ މައްސަލައެއް ބަލަމުންދާތީ އިސްތިއުފާ އާއި މެދު ގޮތެއް އަދި ނުނިންމާ ކަމަށެވެ.
އެގިފައިވާގޮތުގައި އިސްތިއުފާއާ މެދު ގޮތެއް ނިންމާފައި ނުވާތީ ޔާމީން ދަނީ އަދިވެސް ވަޒީފާއަށް ނުކުމެވަޑައިގަންނަވަމުންނެވެ.
އޭނާ އެޗްއާރުސީއެމްގެ އެސްޖީއަކަށް ހަމަޖެއްސެވީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ.