ads
އެފްއޭ ކަޕް މާޗު މަހު
މެދު ކެނޑުމަކަށް ފަހު، އެފްއޭކަޕް ފުޓްބޯޅަ މުބާރާތް އަލުން ބޭއްވުމަށް އެފްއޭއެމުން ތާވަލުކޮށްފިއެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ތާވަލުކޮށްފައިވަނީ އަންނަ މާޗު މަހުގެ ފަސްވަނަ ދުވަހު އެވެ.

އެފްއޭއެމްގެ މެންބަރު ހުރިހާ ކްލަބަކަށް ހުޅުވާލައިގެން ބާއްވާ އެފްއޭކަޕްގެ ގެ މި އަހަރުގެ މުބާރާތުގައި ވާދަކުރާނީ އެންމެ އަށް ޓީމެވެ. 

އެއީ މާޒިޔާ، އީގަލްސް، ޓީސީ، ގްރީން ސްޓްރީޓްސް، ދަގްރާންޑޭ، ފޯކައިދޫ އަދި ވިލިމާލޭ ޔުނައިޓެޑާއި އޭދަފުށީ ޓީމެވެ.

ބަލިވާ ޓީމެއް ކަޓާ ގޮތަށް ކުޅޭ މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މާރިޗު މަހުގެ 19 ވަނަ ދުވަހުއެވެ.

އެފްއޭކަޕް އެންމެފަހުން ބޭއްވީ 2017 ވަނަ އަހަރުއެވެ. ފަސޭހަކަމާއި އެކު އެ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައިވަނީ ދިވެހި ފުޓްބޯޅައިގެ ގަދަ ބާރު ނިއުރޭޑިއަންޓެވެ.

ނިއުއިންވަނީ މިހާތަނަށް 12 ފަހަރު އެފްއޭކަޕް ހޯދާފައެވެ. މި އަހަރުގެ އެފްއޭކަޕްގައި، އެފްއޭކަޕްގެ އެންމެ ކާމިޔާބު ތިން ޓީމުކަމަށްވާ ނިއުރޭޑިއަންޓް، ވިކްޓަރީ އަދި ވެލެންސިޔާ ބައިވެރިނުވާނެއެވެ.

 މިއީ މި ތިން ޓީމު ނެތި ކުޅޭ ފުރަތަމަ އެފްއޭކަޕެވެ.

ދެ އަހަރަށް ފަހު އަލުން އެފްއޭކަޕް މި ބާއްވަނީ ފުޓްބޯޅައިގެ ފޯރި ކެނޑި، ފުޓްބޯޅަ ބަލަން ދަނޑަށް ވަންނަ މީހުންގެ އަދަދު އާދަޔާ ޚިލާފަށް މަދުވެފައިވަނިކޮށެވެ. ރާއްޖޭގެ އެންމެ ޝަރަފުވެރި އަދި އެންމެ ގިނަ ދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޤައުމީ މުބާރާތްވެސް ނުބާއްވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް