ބޭނުންވާ ތަކެތި:
ތައްޔާރު ކުރާނެ ގޮތް:
ބޮޑު ތެއްޔަކަށް ތެޔޮ ހޫނު ކުރަން އުނދާށެވެ. ދެން އޭގެ ތެރެއަށް ފިޔާ، ކެރެޓު އަދި ސެލެެރީ ތަޑިތައް އަޅައިލާށެވެ. އަދި ތަރުކާރީތައް މަޑު ވަންދެން ގާތްގަނޑަކަށް 6 މިނެޓާއި 8 މިނެޓާއި ދެމެދު ހަލަމުން ކައްކަމުން ގެންދާށެވެ.
ދެން އޭގެ ތެރެއަށް ބޮޑު މިރުސް، ލޮނުމެދު، އަސޭމިރުސް އަދި ލޮނު އަލައި 2 މިނެޓު ވަންދެން ކައްކާށެވެ. ދެން އޭގެ ތެރެއަށް ވެޖެޓިބަލް ބްރޮތް، ކެބެޖު އަދި ޓޮމާޓޯ އަޅައި އުނދުނުގެ ހުޅުގަނޑު ބޮޑުކޮށްލައި ބޮކިބޮކި ޖަހަން ދެން ކައްކާށެވެ. 15 މިނެޓާއި 20 މިނެޓާއި ދެމެދު ކެއްކުމަށްފަހު އުނދުނުން ބާލައި އޭގެ ތެރެއަށް ވިނެގާ އަޅައި ހަލާލާށެވެ. އޭރުން ކެބެޖް ސޫޕް ތައްޔާރުކޮށް ނިމުނީއެެވެ.