ބޭނުންވާ ތަކެތި:
ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ ބްރޮކޮލީތައް ފެނުގައި 5 މިނެޓު ވަންދެން ކައްކާލާށެވެ. އެއަށްފަހު ބްރޮކޮލީތައް 2 ޖޯޑަށް ވާ ވަރަށް ކޮށާލާށެވެ. ދެން ބިހާއި، ޕާން ބޮޑު ބޯތައްޓަކަށް އަޅައި އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ފިޔާ، މެޔޮނައިސް، ޗީޒް، ލުނބޯ ތޮށި، ލޮނު އަދި އަސޭމިރުސް އަޅައި އެއްކޮށްލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ބްރޮކޮލީތައް އަޅައި އެއްކޮށްލާށެވެ. ދެން ތައްޔާރުވެފައި ހުރި ބްރޮކޮލީ މިކްސްޗާ މަފިން ފިހާ ތަށިތަކަށް އަޅައިލާށެވެ. އެއަށްފަހު 350 ޑިގްރީ އަށް އަވަން ހޫނުކޮށްލައި 25 މިނެޓު ވަންދެން ބޮރޮކޮލީ ޗެޑާ ބައިޓްސް ކެއްކުމަށް އަވަނަށް ލާށެވެ. ރަނގަޅަށް ފިހެވުމުން ބްރޮކޮލީ ޗެޑާ ބައިޓްސް ތައްޔާރުކޮށް ނިމުނީއެވެ.