ads
މަޖިލިސް ޖަލްސާ ކުރިއަށްދަނީ.. ފޮޓޯ/މަޖިލިސް
ދައުރު ނިމުނު އިރު މަޖިލީހުގެ ފަންސާސް އިންސައްތަ މަސައްކަތް ނުނިމޭ
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ކުރުމަށް ކަނޑައެޅި މަސައްކަތް ތަކުގެ ތެރެއިން 49.6 އިންސައްތަ މަސައްކަތް ނިންމުމަށްފަހު ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ހިނގައްޖެއެވެ.

މަޖިލީހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައި 53 ޖަލްސާއެއް ވަނީ ބާއްވާފައެވެ. މަޖިލީހުގެ މެމްބަރުން ޖަލްސާތަކުގައި 71 ގަޑިއިރާއި 11 މިނެޓު ހޭދަކޮށްފައި ވާއިރު، މި ދައުރު ނިމުނު އިރު ބާއްވާފައި ވަނީ 170 ކޮމިޓީ ބައްދަލުވުމެކެވެ. 

މަޖިލީހުގެ ފުރަތަމަ ދައުރަށް 28 ބިލެއް ހުށައެޅިފައި ވާއިރު، މި ބިލުތަކުގެ ތެރެއިން އަށް ބިލެއް މަޖިލީހުން ވަނީ ނިންމާފައެވެ. އަދި ދިގަ ގަރާރެއް މަޖިލީހުގެ މެމްބަރުން ހުށައެޅި އިރު އޭގެތެރެއިން ނިންމާފައި ވަނީ އެންމެ ދެ ގަރާރެވެ. 

މީގެ އިތުރުން މަޖިލީހުގެ މެމްބަރުން ވަނީ 12 ކުއްލި މައްސަލައެއް މަޖިލީހަށް ހުށައަޅާފައެވެ. އެ ހުރިހާ މައްސަލައެއް ނިންމާފައި ވާއިރު، އާންމު އުސޫލުން 10 މައްސަލައެއް މަޖިލީހަށް ވަނީ ހުށައަޅާފައެވެ. އޭގެ ތެރެއިން ހަތަރު މައްސަލައެއް މަޖިލީހުން ވަނީ ނިންމާފައެވެ. 

މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ތިން ދައުރަކަށް ބަހާލައިގެންނެވެ. އެގޮތުން ނިމިގެން މިދިޔައީ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް