ދެތިން ހަފުތާގެ ތެރޭގައި އެ ފިލްމަށް ކަންގަނާ 10 ކިލޯ އިތުރުކޮށްފައިވާއިރު ރަންގޯލީ ބުނީ ކަންގަނާ ބަރުދަން އިތުރުކުރުމަށް ނަގާފައި ވަނީ ސިއްހީ ރިސްކެއް ކަމަށެވެ. އެގޮތުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަރުދަން އިތުރުކުރުމަށް ކުރި މަސައްކަތުގެ ތެރެއިން އޭނާގެ ކޮލެސްޓްރޯލް ލެވެލް ވެސް މައްޗަށް އަރައި ސިއްހީ މައްސަލަތަކެއް ދިމާވި ކަމަށެވެ.
އޭގެ އިތުރުން ރަންގޯލީ ވަނީ ތަނޫ ވެޑްސް މަނޫ ފިލްމުގެ މަސައްކަތް ކުރިއިރު ވެސް ކަންގަނާގެ ފަޔަށް އަނިޔާވި ކަމަށާއި އަދި މަނިކާނިކާގައި ވެސް އޭނާއަށް އަނިޔާވިކަން ފާހަގަކޮށްފަ އެވެ. ނަމަވެސް އަނިޔާއަށް ބެލުމެއް ނެތި ކޮއްކޮގެ ހިތްވަރަށް ރަންގޯލީ ތައުރީފް ކުރެ އެވެ.
ޖަޔަލަލީތާގެ ވާހަކަ ފިލްމެއްގެ ގޮތުގައި ގެނެސްދޭ އިރު، 2016 ވަނަ އަހަރުގެ ތެރޭގައި އޭނާ ވަނީ މަރުވެފަ އެވެ.