ads
ނަދީ——
ނަދީ ބުނީ ހަތަރު އަހަރަށް ފަހުވެސް ވަންނަން ޖެހުނީ ހަަމަ "އެއްކަލަ ކޮށްޓަށް" ކަމަށް!
ޅ. ނައިފަރަށް އުފަން އުމުރުން 38 އަހަރުގެ ނަދީމާ މުހައްމަދު (ނަދީ) އަކީ "ޓިކްޓޮކު ކުއީން"ގެ ލިސްޓުގެ އެއްވަނާގައި މިވަގުތު އޮތް މުޅި ރާއްޖެއަށް އޭނާގެ ނަން ނޯޅޭނެ ވަރުގެ "ސެލެބްރިޓީ"އެކެވެ.
Advertisement

ފޭންބޭސްގައި 27000އަށް ވުރެ ގިނަ ފޮލޯވަރުން އޮންނަ ނަދީގެ ޓިކްޓޮކްތައް ފާހަގަކުރެވެނީ ކޮންމެ ކަމެއްވެސް ހަގީގަތައް ހާމަކުރާ ފޭނުންނާއި ދިރިއުޅުމުގެ ކޮންމެ ކަމެއް ހިއްސާކުރާ ތަރިއެއްގެ ގޮތުގައެެވެ. އޭނާ އާންމުންގެ މެދުގައި މަގުބޫލުވެފައިވަނީވެސް އެހެންވެއެވެ. 

ނަދީގެ ހަޔާތުގައި އޭނާގެ ފޮލޯވަރުންނަށް ފޮރުވާނެ ކަމެއް ނޯވެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭނާގެ ފުރަތަމަ ޓިކްޓޮކަކީވެސް އޭނާގެ ދިރިއުޅުމުގެ ވާހަކަތަކެއް ކިޔާދިން ޓިކްޓޮކެކެެވެ. އެއާއިއެކު ވައިރަލްވެގެން ދިޔަ "ބޮންބޭ ޓީ"، "ކޮއްކޮގެ ބަކުން"، އަދި "މިހުރީ މާލޭގައި" މިފަދަ ކޮންމެ ޖުމްލައަކުން ނަދީ ނޭނގޭ މީހަކު ނުހުންނާނެއެވެ. 

މިފަހުން އޭނާގެ ޓިކްޓޮކުގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ވެސް ދައްކާފައިވަނީ ހަޔާތާއި ގުޅޭ ވާހަކަތަކެކެވެ. އޭނާގެ ހިތުގެ އިހުސާސްތަކެވެ. ނަދީ ބުނީ، ޒާތީ ކަންކަމާއި ބެހޭތީ ވަރަށް ފޫހިވާ ކަމަށާއި، އެއްވެސް މިނިވަންކަމެއް ނޯންނަ ކަމަށެވެ. 

"އަސްލު ވަރަށް ފޫހިވޭ ޒާތީ ކަންކަތައްތަކާ ބެހޭއިރު، އެއްވެސް ކަހަލަ މިނިވަންކަމެއް ނޯވެއްނު. އަހަރެން ހީކުރީ އަހަންނަށް ވަރަށް މިނިވަންކަން ލިބޭނެ ކަމަށް އެކަމަކު މިނިވަންކަމެއް ނުލިބުނު" އޭނާ ބުންޏެވެ.

ނަދީ ބުނީ،  ހަތަރު އަހަރުވީއިރު ވަންނަން ޖެހުނީ ހަމަ ކުރިންވެސް ވަން ކޮށްޓަށް ކަމަށާއި، ކުރިއެކޭ އެއްގޮތަށް އެއްވެސް މިނިވަންކަމެއް މިހާރުވެސް ނުލިބުނު ކަމަށެވެ. 

" ކުރިއެކޭ އެއްގޮތަށް ހަތަރު އަހަރު ވީއިރު، ހަމަ އެއްކަލަ ކޮށްޓަށް ވަންނަން މި ޖެހެނީ. އެއްކަލަ ކޮށްޓަށް ވަންނާން ޖެހެނީ އަހަރެން" ބޯހޫރަމުން ނަދީ ބުންޏެވެ.

އޭނާ އެދައްކަނީ ކޮން "ކޮށްޓެއް"ގެ ވާހަކަ ކަމެއް 43 ސިކުންތުގެ އެ ވީޑިއޯކޮޅުގައި ސާފެއް ނުކޮށްދެއެވެ. ނަމަވެސް ތިން ކުދިން ގޮވައިގެން އެކަނި ރަށުގައި އުޅެމުންދާ ނަދީ ކުރިން ބުނެފައިވާގޮތުގައި އޭނާގެ ކުރީގެ ކައިވެނި ރޫޅުނީ މީގެ ހަތަރު އަހަރު ކުރިންނެވެ. 

މިހާރު ނަދީ އުޅެނީ މީހަކާއި ރަށްޓެހިވެގެން ކަމަށްވާތީ، އެއީ ރިލޭޝަންޝިޕްގައި ޖެހުނު މައްސަލައެއްގެ ވާހަކަ ކަމަށް ބައެއް ކޮމެންޓުތަކުގައި ފާހަގަކޮށްފައިވެއެވެ. މިހާރުވެސް އުޅެންޖެހެނީ އެހެންކަމަށް ނަދީ ބުނާތީ އެހެން ނޫޅެ ނަދީ ބޭނުންގޮތަކަށް އުޅުމަށް ނަދީއަށް ބައެއް މީހުން ނަސޭހަތްވެސް ދީފައިވެއެވެ. އަނެއްބަޔަކު ބުނަނީ އެވާހަކަތައް ޕަބްލިކްގައި ނުދެއްކުމަށެވެ.


ނަދީ ވަނީ އޭނާގެ ކުރީގެ ކައިވެނީގެ ބައެއް ވާހަކަތައްވެސް މީގެ ކުރިން ޓިކްޓޮކުގައި ހިއްސާކޮށްފައެވެ. ކުރީގެ ފިރިމީހާގެ ފޮޓޯއާއިއެކު އޭނާ ކުދިންނަށް އަޅާ ނުލާ ވާހަކައާއި ނަދީ ބްލެކް މެއިލް ކުރާ ވާހަކަފަދަ ވާހަކަތައްވެސް އެ ވީޑިއޯގައި ދައްކާފައިވެއެވެ.

ނަދީ ކޮންމެ ދުވަހަކު ކުރާ ކަންކަން އޭނާ ޓިކްޓޮކްގެ ޒަރިއްޔާއިން ހިއްސާކުރެއެވެ. ކާއެއްޗެއް ހެދިޔަސް، މީހަކާއި ރަށްޓެހިވިޔަސް، އިނަސް، މައްސަލައެއް ޖެހުނަސް އެކަމެއް އޭނާ ހިއްސާކުރެއެވެ. ދާ ކޮންމެ ތާކަށް އޭނާގެ ފޭނުން ގެންދެއެވެ. އެތާކު ކުރާކަމެއް ބުނެދެއެވެ.

މިހެންވެ، ގިނަ ބައެއްގެ ލޯބި ވެސް ނަދީއަށް ވަނީ ލިބިފައެވެ. އަނެއްބަޔަކު ފާޑުވެސް ކިޔައެވެ. ނަމަވެސް ނަދީ ބުނާގޮތުން ފާޑުކިޔުމަކީވެސް އޭނާއަށް ލިބޭ ކުރިއެރުމެކެވެ. 

މިފަހަކުން ނަދީ ފެންނަމުންދަނީ ތަފާތު ރީތި ވީޑިއޯ ލަވަތަަކެއް ޓިކްޓޮކަށް ލަމުންދާތަނެވެ. ނަދީގެ ފާހަގަކޮށްލެވޭ ޓިކްޓޮކުތަކުގެ ތެރޭގައި "ބޮންބޭ ޓީ ބޯން އާދޭ"، "މިއީ ކޮއްކޮގެ ބަކުން"، "އާދޭ ނަދީއާއެކު"، "މިހުރީ މާލޭގައި" އަދި "ފޫހި ދުވަހެއް" ފަދަ ޓިކްޓޮކްތައް ފާހަގަކުރެއެވެ. 

22%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
48%
ވަރަށް ސަލާމް
ކޮމެންޓްސް