ads
މަޑުއްވަރީގައި 2019 ވަނަ އަހަރުގެ ޑިސެންބަރު މަހު ފުލުހުން ހިންގި އޮޕަރޭޝަން
މަޑުއްވަރީން ހައްޔަރު ކުރި މީހުންގެ މައްސަލަ ދައުވާކުރަން ފޮނުވުމަށް މަޝްވަރާ ކުރަނީ
މަޑުއްވަރީން ހައްޔަރުކުރި ހަރުކަށި ފިކުރުގެ މީހުންގެ މައްސަލަ ދައުވާކުރުމަށް ޕީޖީ އަށް ފޮނުވުމަށް ޕީޖީ އާ މަޝްވަރާ ކުރަމުން އަންނަކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ މިހާރު އެ މައްސަލައިގައި ކުރިއަށް ދަނީ އިތުރަށް ފުރިހަމަ ކުރުމަށް ބުނެފައިވާ ކަންކަމުގެ މަސަައްކަތް ކަމަށެވެ.

ހަރުކަށި ފިކުރު ފަތުރާތީ ރ. މަޑުއްވަރީން ވަނީ ހަ މީހަކު ހައްޔަރު ކޮށްފައެެވެ. 

ހަރުކަށި ފިކުރު ފަތުރާތީ މަޑުއްވަރީގެ ބައެއް ގެތައް ބަލައި ފާސްކުރަން ސަލާމަތީ ބާރުތަކުން އެރަށުގައި ހާއްސަ އޮޕަރޭޝަނެއް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

ހަފްތާ އަކަށް ވުރެ ގިނަ ދުވަސް ފަހުން އެ އޮޕަރޭޝަން ނިންމާލިއިރު ހަރުކަށި ފިކުރު ފަތުރާ ކަމަށް ބުނެ ފުލުހުން ވަނީ ނުވަ ގެއަކާއި ދޯންޏެއް ބަލައި ފާސްކޮށް ފައެވެ. 

ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 22 އަހަރުން ފެށިގެން 29 އަހަރާއި ދެމެދުގެ ދިވެހި ފިރިހެނުންނެވެ. 


ފުލުހުން ހިންގި އެއޮޕަރޭޝަނުގައި އެރަށުގެ ބައެއް ކުޑަކުދިންނަށް ވެކްސިން ދިނުމަށް އިންކާރު ކުރި އާއިލާއެއްގެ މީހުން އެކުދިންނަށް ވެކްސިން ދޭން ފަހުން އެއްބަސްވުމުން އެ އާއިލާގައި ހިމެނޭ ތިން ކުޑަކުއްޖަކަށް ވެކްސިން ވެސް ދީފައިވެ އެވެ. އަދި ކިޔަވަން ފޮނުވުމާއި ވެކްސިން ދިނުމަށް އިންކާރު ކުރި އެހެން އާއިލާއަކަށް ޖެންޑާ މިނިސްޓްރީގެ ފަރާތުން ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް ނަސޭހަތް ގަބޫލު ކޮށްފައި ނުވާކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ. އަދި ފުލުހުންގެ އެހީތެރިކަމާ އެކު އެ ކުޑަ އަންހެން ކުއްޖާ މައިންބަފައިންގެ އަތުން ނެގުމަށްފަހު ބޮޑު ދައިތައަކާ ވަނީ ހަވާލުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް