ads
ފުރާޅުމަތިން ނުފޭބިގެން އެހީއަށް އެދި ގޮވަނީ
ހަނދާންނެތިގެން އަންހެނުން ފުރާޅުމަތީ ބަހައްޓާފައި ހުއްޓާ ފުރާޅުމަތިން ބޭލީ އަވަށްޓެރިއެއް
ވައިރަލް ވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އަނާ ނަމަކަށް ކިޔާ އެ އަންހެންމީހާ ފުރާޅުމައްޗަށް އެރީ ކްރިސްމަސް ލައިޓްސް ގޭ ފުރާޅުގައި ހަރުކުރުމަށެވެ.

އޭނާ ފުރާޅަށް އަރަނީ ހަރުގަނޑަކުން އޭނާގެ ރަހުމަތްތެރިޔެއްގެ އެހީތެރިކަމާއިއެކުއެވެ. ފުރާޅަށް އަރަންދެން ހަރުގަނޑުގައި ހިފަހައްްޓައިގެން އެ ރަހުމަތްތެރިޔާ ހުރެއެވެ.

އެއަށްފަހު އަނާގެ ފިރިމީހާއަށް ގޮވަން އޭނާ ދެއެެވެ. މިނެޓެއް ވީއިރުވެސް ރަހުމަތްތެރިޔާވެސް އަދި ފިރިމީހާވެސް އަބުރާ ނައުމުން އޭނާ މަތިން ހަނދާން ނެތުނީކަން އަނާއަށް އެގުނެވެ.

ނަމަވެސް ހަރުގަނޑު ހިފަހައްޓާނެ މީހަކު ނެތިގެން ނުފޭބި، ފުރާޅުމަތީގައި އިށީދެގެން އިންނަތާ އިރުކޮޅެއް ފަހުން އަވަށްޓެރިއަކު ފެނިގެން އަތް ހޫރާ އޭނާއަށް ގޮވައެވެ.

އޭނާއަށް ގޮވާ އެހީއަށް އެދެމުން އަނާ ބުނާ އަޑުއިވެނީ ގޭގައި ރިންގުކޮށްލަދީ އޭނާގެ ފިރިމީހާއަށް ގޮވާލަދިނުމަށެވެ.

“އަހަރެންނަށް ހީވަނީ އަހަރެން މަތިން އޭނާ ހަނދާން ނެތިފައި ހުރީހެން. އަހަރެމެންގެ ހަތަރު ކުދިން ތިބޭ. އެހެންވީމަ ފަހަރެއްގަ ވެދާނެ ކަމަކު ޖެހިގެން ހަނދާން ނެތުނީ ކަމަށް” އެހީއަށް އެދެމުން އަނާ އަވަށްޓެރިއާ ކައިރީ ބުނެއެވެ.

އޭރުވެސް އަނާ އިނީ ފުރާޅުމަތީގައެވެ. އަަވަށްޓެރިއާ ގޮސް ދެ ފަހަރަކު ބެލް ކުރިއިރުވެސް ދޮރު ނުހުޅުވުމުންނާއި، ހަބަރެއް ނުވުމުން އަދި އެެއްފަހަރު ބެލް ކުރަންވީތޯ އަވަށްޓެރިއާ އަނާ ގާތުގައި އަހައެވެ.

އެހެންނަމަވެސް ހެމުން އަނާ ބުނާ އަޑުއިވެނީ، “މިހާރު އަހަރެން މި ބަލަނީ އޭނާ އަހަރެން މަތިން ހަނދާންވާން ކިހާ އިރެެއް ވާނެތޯ،” އެވެ.

އެއަށްފަހު އެންމެ ފަހުން އޭނާ ފައިބާންދެން ހަރުގަނޑުގައި ހިފަހައްޓާލަ ދިނުމަށް އަވައްޓެރިއާގެ ކިބައިން އެދެއެވެ. 

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް