ބޭނުންވާ ތަކެތި:
ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ އަވަން 350 ޑިގްރީ އަށް ހޫނު ކޮށްލާށެވެ. ދެން ކޭކު ފިހަންލާ ތަށީގައި ބޭކިން ޝީޓް އަޅައިލައި ތެޔޮ ހާކާލާށެވެ. އެއަށްފަހު ބޯތައްޓަކަށް އެސްޕްރެސޯ ޕައުޑާ އަދި ޗޮކޮލެޓު ޗިޕްސް އަޅައި އޭގެ ތެރެއަށް ހޫނު ފެން އަޅައި 5 މިނެޓު ވަންދެން ބަހައްޓާށެވެ. 5 މިނެޓު ފަހުން ރަނގަޅަށް އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ބްރައުން ސުގާ، ބަޓަރު، ވެޖިޓަބަލް އޮއިލް އަދި ވެނިލާ އެސެންސް އަޅައި އެއްކޮށްލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ބިސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ތަށީގެ މަތީގައި ފުރޭންޏެއް ބައިންދާފަ، އޭގެ ތެރެއަށް ފުށާއި، ކޮކޯ ޕައުޑާ، ބޭކިން ސޮޑާ އަދި ލޮނު އަޅައި ފުރާނާލާށެވެ. ފުރޭނުމަށްފަހު ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ބާކީ ހުރި ޗޮކޮލެޓު ޗިޕްސް އަޅައި އެއްކޮށްލާށެވެ. އަދި ކޭކު ފިހަންލާ ތައްޓަށް އަޅައި 65 މިނެޓާއި 75 މިނެޓު ވަންދެން ފިހަންލާށެވެ. ކޭކު ރަނގަޅަށް ފިހެވުމުން ޗޮކޮލެޓު ޕައުންޑް ކޭކު ތައްޔާރުކޮށް ނިމުނީއެވެ.