ads
އަންސަން ސޫކީ
މިޔަންމާގެ ކުރީގެ ލީޑަރު ސޫކީ ފަސް އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި
އުފުލާފައިވާ ކޮރަޕްޝަންގެ ގިނަ ދައުވާތަކުގެ ތެރެއިން ދައުވާއެއް ސާބިތުވެ މިޔަންމާގެ ކުރީގެ ލީޑަރު އަންގް ސަން ސޫކީ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.
Advertisement

ސޫކީގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލައި ޝަރީއަތް ހިންގަމުންގެންދާއިރު، މިއީ އަދި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ބަލާއިރު ކުޑަ މިންވަރެއްކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ. 

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭ ސޫކީ މަގާމުން ދުރުކުރީ އެގައުމުގައި ހިންގި އަސްކަރީ ބަގާވާތަކަށް ފަހުއެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެގައުމުގެ ކޯޓުން ސޫކީގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، ރިޝްވަތުގެ ގޮތުގައި 600،000 ޑޮލަރާއި، ގިނަ އަދަދެއްގެ ރަން ސޫކީ ނެގިކަމަށް ބުނާ މައްސަލަ ސާބިތުވުމުންނެވެ. 

މީގެ ކުރިންވެސް ސޫކީގެ މައްޗަށް އެގައުމުގެ އަސްކަރިއްޔާއިން ގާއިމް ކޮށްފައިވާ ހާއްސަ ކޯޓުން ވަނީ ސިފައިންނާއި މެދު އާއްމުންގެ ރުޅިވެރިކަން އުފައްދަން މަސައްކަތް ކުރުމާއި، ކޮވިޑުގެ އުސޫލުތަކާއި ހިލާފުވުމުގެ އިތުރުން އެގައުމުގެ ޓެލެކޮމިއުނިކޭޝަން ގާނޫނާއި ހިލާފުވި ކަމަށްބުނެ ހަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. 

ސޫކީގެ މައްޗަށް އެގައުމުގެ ކޯޓުތަކުގައި އުފުލާފައިވާ ހުރިހާ ދައުވާތަކެއް ސާބިތު ވެއްޖެނަމަ އޭނާގެ މައްޗަށް 100 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް