ads
ހުކުމްކުރި މެޖިސްޓްރޭޓް ޝަރީފް(ކ)، ކުރީގެ ޕީޖީ މުހުތާޒް(ވ)
މަސްއޫދުގެ ހުކުމުގައި ފާޅުކަން ބޮޑު ގޯސްތަކެއް ހަދާފައިވާ ކަމަށް ކުރީގެ ޕީޖީ ވިދާޅުވެއްޖެ
ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ދަގަނޑުބުރިއަކުން މީހަކު ހަމަލާދީ ޒަހަމްކޮށްލި މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމުގައި ފާޅުކަން ބޮޑު ގޯސްތަކެއް މެޖިސްޓްރޭޓް މެޖިސްޓްރޭޓް އަލީ ޝަރީފް ހަދާފައިވާ ކަމަށް ކުރީގެ ޕޮރޮސެކިއުޓަ ޖެނެރަލް މުހްތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.
Advertisement

ކުރިމިނަލް ކޯޓްގެ ގާޒީކަން ވެސް ކޮށްފައިވާ މުހްތާޒް ވިދާޅުވީ ޖޭއެސްސީން މިބާވަތުގެ މައްސަލަތަކުގައި މީގެ ކުރިންވެސް ފަޑިޔާރުންނާއި ދޭތެރޭ ހަރުކަށި ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި މިމައްސަލަގައި ވެސް ޖޭއެސްސީން އަވަސް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އެ ހުކުމްގައި ޝަރީއަތުގެ ކުރީގެ މަރުހަލާގައި ނިންމެވި ނިންމެވުންތައް ޝަރީއަތުގެ ފަހުގެ މަރުހަލާގައި އެއްވެސް ގާނޫނީ އަސާސެއްނެތި ބަދަލު ކުރައްވާފައިވާ ކަމަށާއި މައްސަލާގެ ހުކުމްކުރި މެޖިސްޓްރޭޓް އަލީ ޝަރީފް ގާނޫނީ ގޮތުން ބޮޑެތި ގޯސްތައް ހަދާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި މުހުތާޒް އިޝާރާތް އެކުރައްވަނީ އެމައްސަލާގައި ޝަރީއަތުގެ ކުރީ މަރުހަލާގައި މެޖިސްޓްރޭޓް އަލީ ޝަރީފް، މަސްއޫދާއި އޭނާގެ އަންހެނުންގެ ހެކިބަސް ޝަރީއަތަށް ބަލައިގަންނަން ނިންމައި ހުކުމްކޮށްފައި ވުމަށެވެ. ކުރީ މަރުހަލާގައި އެގޮތަށް ހުކުމްކޮށްފައި އޮތް ނަމަވެސް ސަރީއަތް ނިންމުގެ ހުކުމްގައި މެނިސްޓްރޭޓް އަލީ ޝަރީފް ވަނީ މި ދެ މީހުންނާއި އަދި ދައުލަތުގެ ހުރިހާ ހެއްކެއް ކަހަލަ ގޮތަކަށް ބަލައި ނުގަތުމަށް ނިންމަވާފަ އެވެ.

މިމައްސަލާގައި ދައުލަތުން ވަނީ ހެކީ ގޮތުގައި 11 ހެއްކެއް ހުށަހަޅާފަ އެވެ. ދައުލަތުގެ މައި ހެކިތަކުގެ ގޮތުގައި މަންޒަރު ދުއް މީހުންގެ ހެކި ބަހާއި ވީޑިއޯ އާއި ވީޑިއޯ ތަހްލީލު ރިޕޯޓާއި ތަހްލީލުކުރި ފުލުސް އޮފިސަރުގެ ހެކި ބަހުގެ އިތުރުން ފަރުވާދިން ޑޮކްޓަރާއި ފޮރިންސިކް ރިޕޯޓްވެސް ހެކިބަހުގެ ގޮތުގައި ހުށަހަޅާފަ އެވެ. އެހެންނަމަވެސް ހުކުމް ކުރިއިރު ސަރީއަތުން ވަނީ ހެކިތައް ބަލައި ނުގަންނަން ނިންމާފައެވެ.

your imageދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ

މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެމްބަރުކަން ވެސް ކުރައްވާ ފައިވާ މަސްއޫދަށް ހަމަލާދިން މައްސަލާގައި ލ. ފޮނަދޫ، ދިލްކުސާގޭ އަހުމަދު ސަމީމް ސަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ވެސް އަލީ ޝަރީފް އިސްމެޖިސްޓްރޭޓްކަން ކުރައްވާ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން އޭނާ ދެ ފަހަރަށް ދޫކޮށްލުމުން ހައިކޯޓުން ނެވެ.

ސަމީމް އަކީ ލާމް އަތޮޅުގައި އޮންނަ މަސްއޫދު ކާރުގައި ރޯކޮށްލި މައްސަލާގެ ތުހުމަތުގައި ވެސް ފުލުހުން ތަހުގީގު ހިންގަމުންދާ ފަރާތެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް