ބޭނުންވާ ތަކެތި:
ތައްޔާރު ކުރާނެ ގޮތް:
މައިކްރޯވޭވް އަށް ލެވޭ ކަހަލަ ތައްޓަކަށް ބަޓަރު އަޅައި ދިޔާ ކުރުމަށްޓަކައި 30 ސިކުންތު ވަންދެން މައިކްރޯވޭވް އަށް ލާށެވެ. އެއަށްފަހު މައިކްރޯވޭވް އަށް ލެވޭ ކަހަލަ ޖޯޑަކަށް ފުށާއި، ހަކުރު، ކޮކޯ ޕައުޑާ، ލޮނު އަދި ފޮނިތޮށި އަޅައި އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ބަޓަރު އަޅައި ޕޭސްޓަކަށް ވަންދެން އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ކިރާއި ވެނިލާ އެސެންސް އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ޖޯޑުގެ މަތި ބަންދު ނުކޮށް 1 މިނެޓު ވަންދެން މައިކްރޯވޭވް އަށް ލާށެވެ. އަދި ބްރައުނީ ހެދުމުން މައިކްރޯވޭވް އިން ނަގާފައި 4 މިނެޓު ވަންދެން ހިހޫ ކުރަން ބަހައްޓާށެވެ. އެއަށްފަހު ބްރައުނީ ހުންނާނީ ކާލަން ތައްޔާރު ވެފައެވެ. ބްރައުނީ ކާއިރު މައްޗަށް އައިސްކްރީމް އަޅައިގެން ކާލެވިދާނެއެވެ. މިއީ ވަރަށް ފަސޭހައިން ތައްޔާރުކޮށް ލެވޭ މީރު ކާއެއްޗެކެވެ.