ބޭނުންވާ ތަކެތި:
ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ ބޮޑު ތަވައަކަށް ތެޔޮ ހޫނުކުރަން އުދާށެވެ. ދެން އޭގެ ތެރެއަށް ޒުކީނީ އަޅައި 1 މިނެޓު ވަންދެން ކައްކާށެވެ. ދެން އޭގެ ތެރެއަށް ސްޕިނޭޗް އަދި ކުކުޅު އަޅައި އިތުރު 1 މިނެޓަށް ކައްކާށެވެ. ދެން ލޮނާއި އަސޭމިރުސް އަޅައި ކެއްކުމަށްފަހު އުނދުނުން ބާލާށެވެ. ދެން އޭގެ ތެރެއަށް ކައްކާފައި ހުރި ސްޕެެގެޓީ، ޗީޒް، ލުނބޯ ތޮށި އަދި ލުނބޯ ހުތް އަޅައި އެއްކޮށްލާށެވެ. އެއަށްފަހު މައްޗަށް ޕާންކުޑި ބުރުއްސާލާށެެވެ. އޭރުން ލެމަން ޗިކަން ޕާސްތާ ތައްޔާރުކޮށް ނިމުނީއެވެ. މިއީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ މީރު ކާއެއްޗެކެވެ.