ads
އަލްޖީރިއާގެ ގޭސް ޕްލާންޓެގެ ބޭރުގައި މަސައްކަތެރިން ބައިސްކްލ ދުއްވަނީ
އެފްރިކާއިންވެސް ޔޫރަޕަށް ގޭސްނުލިބުމުގެ އިންޒާރު!
ސްޕެއިން އަށް ގޭސް ފޮނުވުން ހުއްޓާލާނެކަމުގެ އިންޒާރު އެފްރިކާގެ ދެވަނައަށް އެންމެ ބޮޑު ގޭހުގެ ރިޒާވް އޮންނަ އަލްޖީރިއާއިން ބުނެފިއެވެ.

އެގައުމުން ބުނީ ސްޕެއިން އިން ތިންވަނަ މަންޒިލަކަށް ގޭސް ފޮނުވާނަމަ ސްޕެއިންއަށް ގޭސް ޑެލިވަރީކުރުން ހުއްޓާލާނެ ކަމަށެވެ. މި އިންޒާރު ދީފައިވަނީ އުތުރު އެފްރިކާގެ ގައުމެއް ކަމަށްވާ މޮރޮކޯއަށް ގޭސް ފޯރުކޮށްދިނުމަށް ސްޕެއިނުން ދާދިފަހުން ނިންމި ނިންމުމާ ގުޅިގެންނެވެ.

"ސްޕެއިނަށް ޑެލިވަރީ ކުރާ ނެޗުރަލް ގޭހަކީ ކޮންޓްރެކްޓްތަކުގައި ބަޔާންކޮށްފައިވާ މަންޒިލް ނޫން އެހެން މަންޒިލަކަށް ފޮނުވާނެ ގޭހެއްނޫން. އެއީ ކޮންޓްރެކްޓް ކޮމިޓްމަންޓްތަކާ ހިލާފު ކަމެއްގެ ގޮތުގައި ބަލާނެ،" އަލްޖީރިއާގެ އެނާޖީ މިނިސްޓްރީން ބުދަ ދުވަހު ބުންޏެވެ.

ސްޕެއިން އިންއަޅާ މިފަދަ ފިޔަވަޅެއްގެ ސަބަބުން ސޮނާޓްރެކް އާއި ސްޕެއިންއާ ދެމެދު ހަދާފައިވާ ކޮންޓްރެކްޓް އުވާލެވިދާނެ ކަމަށް ވެސްއަލްޖީރިއާއިން ބުނެއެވެ.

ސޮނަރަޗް އަކީ އަލްޖީރިއާގެ ސަރުކާރު ހިއްސާވާ ގޭސް އުފައްދާ ކުންފުންޏެކެވެ. 2021 ވަނަ އަހަރު މެޑްރިޑުން އެތެރެކުރާ ޤުދުރަތީ ގޭހުގެ 40އިންސައްތަ އަށްވުރެ ބޮޑު ބައެއް ސަޕްލައިކޮށްފައިވަނީ ސޮނަރަޗް އެވެ.

މިއީ  އަލްޖީރިއާގެ ރައީސް އަބްދުލްމަދްޖިދު ޓެބޫން މިދިޔަ ހަފްތާގައި ދެއްވި ބަޔާނާ ހިލާފް ވާކަމެކެވެ. އޭނާ ވިދާޅުވެފައިވަނީ އެއްވެސް ހާލަތެއްގައި ސްޕެއިންއަށް ގޭސް ސަޕްލައި ކުރުމަށް އަލްޖީރިއާ އިން ވެފައިވާ ވައުދަށް ވބަދަލެއް ނާންނާނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް