ads
ޕޮލެންޑް
ޕޮލެންޑުގެ ގޭގެއަށް ގޭހުގެ ދަތިކަން ކުރިމަތިވެއްޖެ
ޕޮލެންޑުގެ ގިނަ އަދަދެއްގެ ގެތަކަށް ގޭހުގެ ދަތިކަން ކުރިމަތިވެއްޖެއެވެ.
Advertisement

ޕޮލެންޑްގެ ދާހިލީ އަދި އިދާރީ ވަޒީރުގެ ނައިބު ޕަވެލޯ ސްޒެފެރްނަކާ ބުރާސްފަތި ދުވަހު ވިދާޅުވީ، ރަޝިޔާގެ ހަކަތައިގެ ބޮޑު ކުންފުންޏެއް ކަމަށްވާ ނޮވަޓެކްއާ ދެކޮޅަށް ޕޮލެންޑުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބަުން އެގައުމުގެ ގިނަ އަވަށްތަކުގެ ގިނަ ގޭގެއިން ގޭސް ހުސްވެފައިވާ ކަމަށެވެ. 

އޭނާ ވިދާޅުވީ ރަޝިޔާއަށް ބަރޯސާ ވަމުން އައިނަމަވެސް މިހާރު ގޭސް ލިބުން މަދުވެފައިވުމުގެ ސަބަބުން އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށްފަހު ނޮވަޓެކްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ނޮވަޓެކް ގްރީން އެނާޖީއިން ޕޮލެންޑްގެ ގިނަ ސަރަހައްދު ތަކަކަށް ގޭސް ސަޕްލައި ކުރުން މެދުކަނޑާލި ކަމަށެވެ. 

ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓުގައި ފާމްތައް ހިމެނުމަށް ނިންމުންތައް ނިންމާފައިވަނީ ސިއްރުން ކަމަށާއި އެހެންވެ، ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައުލޫމާތު ސަރަހައްދީ އިދާރާތަކަށް ކުރިން އެ މިނިސްޓްރީން އޮތީ ނޭންގި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ގޭސް ސަޕްލައި އަލުން އިއާދަކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ގަސްތުކުރަނީ ރަޝިއާގެ ފާމެއްގެ މިލްކިއްޔާތުގައި ހުރި އިންފްރާސްޓްރަކްޗާ އަތުލުމަށެވެ.

ޑެޕިއުޓީ އިންޓީރިއާ މިނިސްޓަރު މަސީޖް ވޮންސިކް ވިދާޅުވި ގޮތުގައި ތަޖުރިބާކާރުންގެ ގްރޫޕަކުން ޕޮލެންޑްގެ ކުންފުނިތަކުން ގޭހުގެ އިންފްރާސްޓްރަކްޗާ އާ ހަވާލުވެ، އެ ކޮމިއުނިޓީތަކަށް ގޭސް ސަޕްލައިކުރުމަށްޓަކައި ދަނީ މަސައްކަތް ކުރަމުންނެވެ. 

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް