ބޭނުންވާ ތަކެތި:
ތައްޔާރު ކުރާނެ ގޮތް:
ބޮޑު ތަވައަކަށް 3/4 ޖޯޑު ހަކުރު އަޅައި ހަކުރު ދިޔާ ވަންދެން ކައްކާށެވެ. ހަކުރު ދިޔާވުމުން ކަސްޓާޑް ހަދާ ތައްޓަށް އަޅައިލާށެވެ. އަދި 10 މިނެޓު ވަންދެން ބަހައްޓާލާށެވެ. އެއަށްފަހު ބޮޑު ބޯތައްޓަކަށް ބިސް ގިރާފައި އޭގެ ތެރެއަށް ކިރު، ވެނިލާ އެސެންސް އަދި ބާކީ ހުރި ހަކުރު ތައް އަޅައިލައި އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން ކެރެމަލް ތަކުގެ މައްޗަށް އަޅައިލާށެވެ. ދެން އެހެން ތައްޓަކަށް ފެން އަޅައި އޭގެ ތެރެއަށް ކަސްޓާޑް ހަދާ ތަށި ލާށެވެ. އެއަށްފަހު އަވަން 350 ޑިގްރީ އަށް ހޫނުކޮށްލައި 40 މިނެޓާއި 45 މިނެޓާއި ދެމެދު ފިހަންލާށެވެ. ރަނގަޅަށް ފިހެވުމުން ހިހޫ ކުރަން ބަހައްޓާށެވެ. އަދި ހިހޫ ވުމުން ކަސްޓާޑް އަނެއް ފުށަށް ޖަހައިލާށެވެ. އޭރުން ހުންނާނީ ކެރެމަލް ކަސްޓާޑް ކާން ތައްޔާރުވެފައެވެ.