ބޭނުންވާ ތަކެތި:
ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ އަވަން 150 ޑިގްރީ އަށް ހޫނުކޮށްލާށެވެ. އަދި ކޭކް ފިހާ ތަށީގައި ތެޔޮ ހާކާލައި ތައްޔާރުކޮށްލާށެވެ. އެއަށްފަހު މައިކްރޯވޭވް އަށް ލެވޭ ކަހަލަ ތައްޓަކަށް ބަޓަރު، ޗޮކޮލެޓު އަދި ފެން އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ތަށީގެ މަތި ބަންދު ނުކޮށް 3 މިނެޓާއި 4 މިނެޓާއި ދެމެދު މައިކްރޯވޭވް އަށްލާށެވެ. އަދި ކޮންމެ މިނެޓަކުން މިނެޓަކުން ހަލަމުން ގެންދާށެވެ. އެއަށްފަހު އޭގެ ތެރެއަށް ހަކުރާއި ވެނިލާ އެސެންސް އަޅައި އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ބިސް އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ފުށް ފުރޭނުމަށްފަހު އޭގެ ތެރެއަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ތައްޔާރު ކުރި ތައްޓަށް އަޅައިލައި 1 ގަޑި އިރާއި 50 މިނެޓާއި 2 ގަޑިއިރާ ދެމެދު ކޭކު ފިހެލާށެވެ. ކޭކް ރަނގަޅަށް ފިހެވުމުން އަވަނުން ނަގައި ހިހޫ ކުރަން ބަހައްޓާށެވެ. ކޭކު ހިހޫ ވުމުން އޭގެ މައްޗަށް ޗޮކޮލެޓާއި ކްރީމް އެއްކޮށްލައި އަޅައިލާށެވެ. އޭރުން ވައިޓް ޗޮކޮލެޓު މަޑް ކޭކް ތައްޔާރުކޮށް ނިމުނީއެވެ.