ބޭނުންވާ ތަކެތި:
ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ ކޭކް ފިހަން ބޭނުން ކުރާ ކަހަލަ ތައްޓެއްގައި ބޭކިން ޝީޓް އަޅައިލާއި ތެޔޮ ހާކާލައި ތައްޔާރުކޮށް ލާށެވެ. އެއަށްފަހު ތަވައަކަށް ގެރިކިރު، ހަކުރު، ބަޓަރު އަދި ގްލުކޯޒް ސިރަޕް އަޅައިލައި މަޑު ގިނީގައި 8 މިނެޓު ވަންދެން ކައްކާށެވެ. އެއަށްފަހު އުނދުނުގެ ހުޅުގަނޑު ބޮޑުކޮށްލައި 6 މިނެޓާއި 8 މިނެޓާއި ދެމެދު ކައްކާށެވެ. އޭރުން ހުންނާނީ ބަޓަރު ތައް ތަތްލަވާ ކަހަލަ ގޮތަކަށެވެ. ދެން އޭގެ ތެރެއަށް ދިޔާކޮށްފައި ހުރި ޗޮކޮލެޓާއި އަލްމަންޑް އަޅައި އެއްކޮށްލާށެވެ. އަދި ތައްޔާރުކޮށްފައި ހުރި ތައްޓަށް އަޅައިލާށެވެ. ދެން އޭގެ މައްޗަށް ޖޭމް އަޅައިލާށެވެ. އަދި އައިސް އަލަމާރި އަށް ލައި 4 ގަޑިއިރު ވަންދެން ބަހައްޓާށެވެ. އެއަށްފަހު ކަފައިލައިގެން ކާލަންވީއެވެ.