ads
ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން--
ވެންޓިލޭޓަރު މައްސަލައަށް ބާކީ ވިހި ދުވަސް
ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި ބައްދލު ނުކޮށްފިނަމަ މައްސަލަ އާބިޓްރޭޝަނަށް
ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރުގެ މައްސަލައަށް ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން ޖަވާބު ނުދީފިނަމަ މި މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާނެ ކަމަށް ހެލްތް މިނިސްޓްރީން މިއަދު ބުނެފި އެވެ.
Advertisement

ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ސީއެންއެމްއަށް ވިދާޅުވީ ސަރުކާރަށް ލިބެން ޖެހޭ ބާކީ 60 ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏަށް ފަހު ފުރުސަތު ދީފައިވާ ކަމަށެވެ. 

އަޅުގަނޑުމެން ވާނީ އެޓާނީ ޖެނެރަލްގެ ލަފާގެ ވެސް މަތިން ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ، ފޭސްޓު ފޭސް ކޮށް ބައްދަލުކުރަން ސިޓީ ހުށައަޅާފައި. ސިޓީ އީމެއިލް ކޮށްފައިވާނީ އެބޭފުޅުންނާ އަޅުގަނޑުމެންނާ ކޮންޓެކްޓް ކުރަން ދީފަ އިންނަ އީމެއިލް އަށް- ތަސްލީމާ

ތަސްލީމާ ވިދާޅުވީ އާބިޓްރޭޝަން މަރުހަލާ ފެށުމުގެ ކުރިން އެކި ފަހަރުގެ މަތިން އެކުންފުންޏާ ގުޅުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ކުންފުނިން ފޯނަށް ޖަވާބު ދީފައި ނުވާ ކަމަށެވެ. 

އެގްޒެކިއުޓާސް ކުންފުންޏާއެކު ފޭސްޓުފޭސް ބައްދަލުވުމެއް ބާއްވަން ހުށަހަޅާފައިވާތީ މި ބއްދަލުވުން ބާއްވަނީ ކޮން ގައުމެއްގައިތޯ ސީއެންއެމްއިން ސުވާލު ކުރުމުން ތަސްލީމާ ވިދާޅުވީ ހެލްތް މިނިސްޓްރީން އެދިފައިވަނީ އެ ބައްދަލުވުން ރާޢްޖޭގައި ބާއްވަން ކަމަށެވެ. 

" އަޅުގަނޑުމެން އެދިފައިވާނީ އެބޭފުޅުން ރާއްޖެ އައިސް ރާއްޖޭގައި ފޭސްޓުފޭސް މީިޓިންއެއް ބާއްވާ ގޮތަށް. އެބޭފުޅުން އާދޭތޯ ނާދޭތޯ ބަލާނީ ސީދާ އިންނަ ޑެޑްލައިނަށް މިދެންނެވީ މޭ މަހުގެ 19 އާ ހަމައަށް ދެން ބަލާނީވެސް،"

ވެންޓިލޭޓަރުތައް ގެންނަން ދުބާއީގެ އެގްޒެކިއުޓާސްއާ އެކު އެއްބަސްވި 75 ވެންޓިލޭޓަރުގެ ތެެރެއިން މިހާތަނަށް ލިބިފައިވަނީ އެންމެ 15 ވެންޓިލޭޓަރެވެ. އޭގެ ތެރެއިން ފަސް ވެންޓިލޭޓަރު ފޮނުވިއިރު ބައެއް އާލާތްތައް މަދެވެ. ސަރުކާރަށް ލިބެން ޖެހޭ ބާކީ 60 ވެންޓިލޭޓަރު އަދި ވެސް ނުލިބި ހުރި އިރު އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލައި އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފަ އެވެ. 

މި މައްސަލަ އާއި ގުޅިގެން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މިއަދު ސީއެންއެމް އަށް ވިދާޅުވީ ވެންޓިލޭޓަރު ތަކުގެ މައްސަލަ އާ ގުޅޭ މައުލޫމާތު  ވަރަށް އަވަހަށް ހިއްސާ ކުރައްވާނެ ކަމަށެވެ. 

ކޮވިޑުގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮޮމިޝަން (އޭސީސީ) އިން ޕީޖީއަށް ފޮނުވި އެވެ.

17%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް