ads
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިހާތަނަށް ލައްކައަކަށް ވުރެ ގިނަ މީހުން ފިތުރު ޒަކާތް ދައްކައިފި
ރާއްޖެއިން މިހާތަނަށް ލައްކައަކަށް ވުރެ ގިނަ މީހުން ފިތުރު ޒަކާތް ދައްކާފައި ވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
Advertisement

އިސްލާމިކް މިނިސްޓްރީން އާއްމު ކޮށްފައިވާ ހިސާބުތައް ދައްކާގޮތުން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން ޖުމްލަ 107،132 މީހަކު ވަނީ ފިތުރު ޒަކާތް ދައްކާފައެވެ. 

މި މުއްދަތުގެ ތެރޭ ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 5.583،326.44 ރުފިޔާ ލިބިފައި ވާކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭ ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ، 5،657،851 ރުފިޔާއެވެ. 

ޒަކާތް ބަލައިގަތުން މިނިސްޓްރީގެ ހޯލުންވެސް ކުރިއަށްގެންދާއިރު މި އިންތިޒާމު ހަމަޖެހިފައިވަނީ އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށެވެ.

މިނިސްޓްރީން ޒަކާތްބަލައިގަންނަމުންދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10 އަކުން މެންދުރު 1 އާއި ހަމައަށެވެ.

ފިތުރު ޒަކާތް ބަލައިގަތުން އޮންލައިންކޮށްވެސް ހަމަޖެހިފައިވާއިރު، ދިރާގުގެ ދިރާގުޕޭ، އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އެސްއެމްއެސް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ 28ވަނަ ދުވަސް ( 29 އެޕްރީލް ) އާއިހަމައަށް ފިތުރު ޒަކާތްދެއްކޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނީ މިނިސްޓްރީގެ ކައުންޓަރުތަކުންނާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮންނެވެ.

އަދި މިނިސްޓްރީގެ ކައުންޓަރުތަކުން ޒަކާތްބަލައިގަތުން ރަމަޟާންމަހުގެ އެންމެފަހު ދުވަހުގެ އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް ކުރިއަށް ދާނެ ކަމަށް އެމިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ. 

މީގެ އިތުރުން ގޮވާމުގެ ބާވައްތަކުންވެސް ފިތުރު ޒަކާތް ބަލައިގަތުން ވަނީ ހަމަޖެހިފައެވެ. 

މާލެ ސިޓީގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ހޯލުގައެވެ.

ގޮވާމުގެ ބާވަތް ތަކުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10 އަކުން ފެށިގެން މެންދުރު 12 ޖަހަން ދެނެވެ.

އަދި މެންދުރުފަހު 13:00 އިން 2:30 އަށް ޒަކާތް ބަލައިގަންނާނެ ކަމަށާއި، އަދި ރޭގަނޑު 21:00 އިން ފެށިގެން ރޭގަނޑު 10:30 އާއި ހަމަޔަށް ޒަކާތް ބަލައިގަނަންނަމުން ދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް