ads
ޖިއްނި މަރު ހަތަރުވަނަ ބައި...
ޖިންނި މަރު... (ހަތަރު ވަނަ ބައި)
މިސްކިތު ފާރު މަތީގައި ޝައިރަމް އިނީ ފަތިސް ނަމާދަށް މީހުން އަންނަން ދެނެވެ. ބަޔަކު ވާހަކަ ދައްކާ އަޑަށް ޝައިރަމް ފަހަތަށް ބަލާލިއެވެ. ޝައިރަމްގެ މޭގަނޑު އަތަށް އައެވެ. މަޑު ނޫކުކުލައިގެ ގަމީހުގައި ބެގީ ޖަހައިގެން ތިބި ބަޔަކު މިސްކިތާ ދިމާލަށް އައެވެ. އަތުުގައި މުގުރު ބުރިއަކާއި ދަނގަޑު އުޅާ ގަނޑެއް ކަހަލަ އެއްޗެއްވެސް އޮތެވެ.
Advertisement

ސިހި ކުޑަވެފައި ހުރެ ޝައިރަމް އެމީހުންނަށް ބަލަމުން ދިޔައެވެ. އެއިން އެކަކު ޝައިރަމް އާއި ކައިރި ވިއެވެ. ސުވާލެއްވެސް ކުރުމެއްނެތި އެ ދަނގަޑު އުޅާގަނޑުން ޝައިރަމް އަތުގައި ބިޑި އެޅުވި އެވެ. އެހާހިސާބުން އެއީ ފުލުހުންކަން ޝައިރަމް އަށް ޔަގީން ކުރެވުނެވެ.

ކިޔަމަންތެރި ކަމާ އެކު ޝައިރަމް އެމީހުންނާއި އެކު ދިޔައެވެ. ކުރާނެ ކަމެއްވެސް އެ ފަކީރަށް ނެތީ އެވެ. ޝައިރަމް އަށް ޔަގީން ވިއެވެ. ޝައިރަމްގެ މަންމަ އާއި މުދިންބެ ގޭތެރޭގައި މަރުވެފައި އޮތްކަން ކޮންމެވެސް މީހެއްގެ ފަރާތުން ފުލުހުންނަށް އެންގީ އެވެ. 

މަޑުމަޑުން ހުރި ޝައިރަމް އަށް ކެތް ނުވިއެވެ. 

"ކީއްވެ ކޮންތާކަށް އަހަރެން ތި ގެންދަނީ،" ޝައިރަމް އަށް ބުނެވުނެވެ.

"ކަލޭ މި ގެންދަނީ ތަހުގީގަށް. ކަލޭ ވާނެ އެއްބަސްވާން. ކަލޭ، ކަލޭގެ މަންމަޔާއި މުދިންމެ މަރާލުމަށްފަހު ފޮރުވާލަން ތި އުޅެނީ. ކީއްވެ މިތަނަށް އައީ. ދޮގު ނަހަދާ ބުނޭ،" ފުލުހުން ޝައިރަމް އާއި ވާހަކަ ދައްކަމުން އިންޒާރު ދެމުން ދިޔައެވެ.

މަޖުބޫރު ވެފައިވާ އެހާލު ޝައިރަމް އަށް ޖެހުނީ އެ މީހުންނާއި އެކު ދާށެވެ.

ފުލުހުން ޝައިރަމް ގެންގޮސް ޕޮލިސްޓޭޝަނުގެ ތަހުގީގު ކުރާ މޭޒުގައި ބޭންދިއެވެ. އަދި ސުވާލު ކުރަމުން ދިޔައެވެ.

"ކާކު ކަލޭގެ މަންމަ މެރީ." ފުލުސްމީހާގެ އެ ސުވާލާއި އެކު ޝައިރަމް ޖަވާބު ދިނެވެ.

"އަހަންނެއް ނޫން. އަހަންނެއް ނޫން." ވަރަށް ބާރަށް ބުންޏެވެ.

"އަހަންނެއް ނޫން. މިބުނީ އެއްނޫން އަހަންނެއް ނޫނޭ. އަހަރެން މިތަނުން ދޫ ކުރާށޭ" ޝައިރަމްގެ ވާހަކަ އަށް ޖަވާބު ދެމުން ފުލުސްމީހާ ބުންޏެވެ. 

"ކަލޭ ދޮގުހަދަނީ ކީއްވެ؟ ޓިޝާޓުން ތި ފެންނަ ލޭ ހިކިފައި ހުއްޓަސް ހެކި ދެނީ އެދެމީހުން މަރާލީ ކަލޭ ކަން. ކަލޭ އޮންނަން ޖެހޭނީ އުމުރަށް ޖަލުގައި." އަޑު ހަރުކަށި ކޮށް ވާހަކަ ދައްކަމުން ފުލުސްމީހާ ބުންޏެވެ. 

ފުލުސްމީހާ ޝައިރަމް ދަމާ ކޫއްތަމުން ޖަލުގެ ތޭރި ތަކުގެ ތެރެއަށް ވެއްދިއެވެ. ޝައިރަމްގެ މޫނަށް ވެރިވެގަތީ ނުލަފާ ޒާތީ ރުޅިވެރި ކަމަކެވެ. ޝައިރަމް ބިރު ކަޑާލިއެވެ. ފުލުސް މީހާއި ޒުވާބު ކުރަމުން ދިޔައެވެ.

ނުލަފާ ޒާތަކަށް ހިނިގަނޑެއް ޖަހާލުމަސްފަހު، ޝައިރަމް ބުންޏެވެ. އަހަރެންގެ މަންމަޔާއި މުދިންބެ މެރީ ކާކު ކަން ބުނަންތަ.! ބުނަންވީތަ! ހައިރާން ކަމާއިއެކު ޝައިރަމް އަށް ބަލަން ހުރި ފުލުސްމީހާ އަށް ޝައިރަމް އިންޒާރެއް ދިނެވެ. 

"ކަލޭ ވަރަށް އަވަހަށް މަރާލާނެ.! އެދުވަސް އޮތީ ވަރަށް ކައިރީގައި. ނޫނިއްޔާ ކަލޭ އަހަރެން ދޫ ކުރޭ" ޝައިރަމް އެހެން ބުނުމަށްފަހު ހެމުން ހެމުން ދިޔައެވެ.

ހީހީ ވަރުބަލިވާ ވަރަށް ހެމުން ހެމުން ދިޔަ ޝައިރަމް ހުއްޓުން އެރީ ފުލުސްމީހާގެ ހަރުކަށި އަޑަށެވެ.

"އޭއި... މިހިރަ ގާތިލް.. ކަލޭ އޮވޭ ތި ކުޑަ ގޮޅިގައި. ކަލޭ، ކަލޭގެ މަންމަ މަރާލީ..." ފުލުސްމީހާ އެހެން ބުނުމާއި އެކު، ޝައިރަމް ނަރުގަނޑަށް ދިޔައެވެ. 

ވަރަށް މަޑުމަޑުން ޝައިރަމް ބުންޏެވެ. 

"އޭ މިހިރަ ފުލުސްމީހާ ފަހަތް ބަލާބަށް.. ... އެ އަންނަނީ ކާކު؟" 

    "ކަލޭގެ މަރު." 

ފުލުސްމީހާ ބިރުގަތެވެ. ފުލުސްމީހާ ބެލީ އަވަހަށް އެތަނުން ނުކުމެވޭތޯ އެވެ. ފުލުސްމީހާ ދުއްވައި ގަތެވެ. އެއީ ހެދުނުގެ ހަތެއް ޖެހި އަކަށްހާ އިރެވެ. ނަމަވެސް މުޅި ތަނަށް އަދިރިކަން ވެރިވެގަތެވެ. ފުލުސްމީހާ ދާނެ ވަކިކޮޅެއް ނޭގި ހައްޔަރުވެފައި ހުރެ ވުނެވެ. 

އަންހެނަކު ރޯ އަޑު އިވެން ފެށިއެވެ. ފިރިހެނަކު ހޭންފެށިއެވެ. ފުލުސް އޮފިސަރު ދާނެ ވަކި ކޮޅެއް ނޭގި ދެކަކޫ މައްޗަށް ތިރިވެ އިދެ މީހެއްގެ އެހީތެރި ކަމަކަށް ގޮވަމުން ދިޔައެވެ.

އަދި ނުނިމޭ... އަންނަ ހަފްތާގެ މިދުވަހަށް އިންތިޒާރު ކޮށްލައްވާ!

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް