ads
ހަނދު
ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމުގެ ޖަލްސާ މާދަމާ ރޭ
މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށް ބާއްވާ ހާއްސަ ޖަލްސާ މާދަމާ ރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މާދަމާރޭ 20:45 ގައި އިސްލާމީ މަރުކަޒުގައި ބާއްވާ ޖަލްސާގައި މި އަހަރުގެ ފިތުރު އީދު ދުވަސް އިއުލާން ކުރުމަށް ހަމަޖެހިފައި ވާކަމަށެވެ. 

"ހަނދު ސާބިތު ކުރުމާއި ގުޅޭގޮތުން އަމަލުކުރާ ގޮތާއި، އުސޫލުތަކާއި، ފަލަކީ ގޮތުން ހަނދު ސާބިތު ކުރުމަށް ގެންގުޅޭ އުސޫލުތަކުގެ މައްޗަށް ބިނާކޮށް މާދަމާ ރޭ މިއަހަރުގެ ފިތުރު އީދު ދުވަސް އިއުލާން ކުރާނެ." މިނިސްޓްރީގެ އޮފިޝަލަކު ބުންޏެވެ.

އެހެން އަހަރު ތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި، ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގައި ނަމަ ހެކިބަސް އަދާކުރަން ޖެހޭނީ މާލޭގެ ކޯޓެއްގެ ގާޒީގެ ކުރިމަތީގައި ކަމަށާއި އަތޮޅުތަކުގައި ނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގައެވެ.

އަދި އެރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް ނެތް ނަމަ އެރަށެއްގެ ކައުންސިލްގެ އިދާރާ ނުވަތަ އެރަށެއްގެ އަވަށު އޮފީސް ހިންގުމާ ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިމަތީގައެވެ. 

ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު ގާތްގަޑަކަށް ހަނދު ހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫން ވެސް މުހިންމު މައުލޫމާތު ދޭން ޖެހޭނެއެވެ. 

ރާއްޖެއަށް ހަނދު ނުފެނިއްޖެނަމަ ދެން ހަނދު ސާބިތު ކުރުމުގައި ބަލަނީ ފަލަކީ ހިސާބުގެ އިތުރުން މުސްލިމު ބޮޑެތި ގައުމުތަކަށް ހަނދު ފެނުނުތޯ ބެލުމަށްފަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް