ads
އަލް އަގްސާ މިސްކިތުގައި މީހަކު ނަމާދުކުރަނީ
ނަމާދު ކުރަން ތިބި ފަލަސްތީނު މީހުން ގަޔަށް ރަބަރު ވަޒަން ޖަހައިފި
މާތްވެގެންވާ އަލް-އަގްސާ މިސްކިތުގައި ނަމާދު ކުރަން ތިބި ފަލްސްތީނު ރައްޔިތުންގެ ގަޔަށް އިސްރާއީލު ސިފައިން ރަބަރު ވަޒަން ބޭނުން ކޮށްފިއެވެ.
Advertisement

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އިސްރާއީލު ސިފައިން ވަނީ މިސްކިތުގެ ތެރޭ ނަމާދު ކުރަން ތިބި އެތައް ބަޔަކަށް އަމާޒުކޮށް ކަރުނަ ގޭހުގެ އިތުރުން ރަބަރު ވަޒަން ބޭނުން ކޮށްފައެވެ. އަދި ނަމާދަށް ތިބި އެތައް ބައެއް ގަދަކަމުން މިސްކިތުން ބޭރުކޮށްފައި ވާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. 

އިސްރާއީލުގެ ސިފައިން ދިން ހަމަލާތަކުގައި 62 މީހަކަށް އެކިވަރުގެ އަނިޔާތައް ވެފައި ވާއިރު، އުމުރުން ދުވަސްވީ ތިން މީހަކަށް ބޮޑެތި އަނިޔާތަކެއް ވެފައި ވާކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އަނިޔާ ލިބު އެކަކަށް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. 

ކޮންމެ ރޯދަ މަހަކާއި ދިމާކޮށް ވެސް އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް އިތުރު ކުރާ ގޮތަށް މި އަހަރުގެ ރޯދަ އާ ދިމާކޮށް ވެސް އިސްރާއީލުން އަންނަނީ ފަލަސްތީނު ރައްޔިތުންނަށް އަމާޒުކޮށް ވަރު ގަދަ ހަމަލާތައް ފޮނުވާލަމުންނެވެ.

އެގޮތުން ރޯދަ މަހުގެ ކުރީ ކޮޅު އަގްސާ މިސްކިތުގައި ފަތިސް ނަމާދު ކުރަން ތިބި ފަލަސްތީނު ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލު ސިފައިން ދިން ހަމަލާތަކުގައި ހަތް މީހުން ވަނީ ޝަހީދުވެފަ އެވެ. އަދި 300 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް