ads
ތިމަރަފުށީ ދަނޑުގެ ޓާފު ހަލާކުކޮށްފައި
ތިމަރަފުށީ ދަނޑަށް ގެއްލުން ދިންމައްސަލަ ޕީޕީއެމް އިން ކުށްވެރިކޮށްފި
ތ. ތިމަރަފުށީ ޓާފް ދަނޑަށް ގެއްލުން ދިން މައްސަލަ ޕީޕީއެމްއިން ކުށްވެރިކޮށް ނޫސްބަޔާން ނެރެފިއެވެ.
Advertisement

ޕީޕީއެމްއިން ބުނީ  ތިމަރަފުށީ ޓާފް ފުޓުބޯޅަ ދަނޑު ނިންމާ ހުޅުވުމަށް ތައްޔާރުވެފައި ވަނިކޮށް އެ ދަނޑަށް ގެއްލުންދީ ދަނޑު ހަލާކުކޮށްލާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި އެކަން ކުރީ ކޮންމެ ބަޔަކު ކަމުގައިވީނަމަވެސް، އެއީ ވަރަށް ދަށުދަރަޖައިގެ ފިނޑި ޢަމަލެއް ކަމަށާއި، އަދި އެޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީން ބުނެއެވެ. 

ތިމަރަފުށީގައި އަލަށް ހަދާފައިވާ ޓާފް ދަނޑުގައި "ގަނބާތޯ" ބަލަން އެއް ފަހަރު ކުޅެލުމަށް އެދި، ޔޫތު މިނިސްޓްރީން ކައުންސިލަށް ސިޓީ ފޮނުވިތާ މާގިނަ ދުވަހެއް ނުވެ، ދަނޑުގައި އަޅާފައިވާ ޓާފް ކަފައި ދަނޑު ހާލަކުކޮށްލައިފައިވާކަން ކައުންސިލަށް އެނގިފައިވަނީ އިއްޔެ ހަވީރު ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. 

ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށާއި، ރައްޔިތުންގެ ލާބަ އާއި މަންފާއަށް ހިންގޭ މަޝްރޫޢު ތަކަށް ގެއްލުންދީ ރައްޔިތުންނަށް ނިކަމެތިކަން ދިނުމަށް ހިންގާ އެއްވެސް ޢަމަލަކީ އެޕާޓީން ބަލއިގަންނާނޭ ކަމެއް ނޫން ކަމަށާއި، އަދި އެއްވެސް ވަރަކަށް ތަރިޙީބު ދޭ ކަމެއްވެސް ނޫންކަމަށް ސަރުކާރަށް އަބަދުވެސް ފާޑު ކިޔަމުންއަންނަ ޕާޓީން ބުނެއެވެ. 

އެޕާޓީން ވަނީ އެއަމަލު ހިންގި ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެއަނައުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައްވެސް އެޅުމަށް އެންމެހާ މުއައްސަސާތަކަށް ގޮވާލައިފައެވެ. އަދި ރަށުގެ ތަރައްގީއަށް ހުރަސް އެޅުމާއި ރަށުގައި ގާއިމު ކުރެވިފައިވާ ރައްޔިތުންގެ ތަންތަނާއި މުދަލާއި ތަކެއްޗަށް ގެއްލުންވާފަދަ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސްކުރާ ކަމަށްވެސް އެ ޕާޓީން ވަނީ އިލްތިމާސް ކޮށްފައެވެ.

ބައެއް ރަށްރަށުގެ ދަނޑުތަކުގައި ބާވެފައިހުރި ކާޕެޓް އަޅާކަމަށް ބުނެ އެރަށްރަށުން ދަނީ ކަންބޮޑުވުންވެސް ފާޅުކުރަމުންނެވެ. އެގޮތުން ހއ.އިހަވަންދޫ ދަނޑުގައި ވެސް އެފަދަ ކާޕެތްތަކެއްއަޅަން ތައްޔާރުވަމުން އަންނަކަމަށްބުނެ މިދިޔަ ހަފްތާގައިވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް