ads
އުތުރު ކޮރެއާގެ ސިފައިން މިލިޓަރީ ޕެރޭޑެއްގައި
އުތުރު ކޮރެއާއާ ދެކޮޅަށް ހަމަލަ ދޭބަޔަކާ ކުރިމަތިލާނީ ނިއުކްލިޔާ ހަތިޔާރާއެކު:ކިމްޖޮންއުން
އުތުރު ކޮރެޔާއާ ދެކޮޅަށް ނުކުންނަ ބަޔަކު ފުނޑު ފުނޑު ކޮށްލާނެ ކަމަށް އެގައުމުގެ ލީޑަރު ކިމް ޖިން އުން ވިދާޅުވެއްޖެއެވެ.
Advertisement

އުތުރު ކޮރެއާގެ ލީޑަރު ކިމް ވަނީ އުތުރު ކޮރެއާގެ އަމިއްލަ އެޓޮމިކް ހަތިޔާރު ބާރު ސްޕީޑްގައި ކުރިއަރައިގެން ދާނެ ކަމަށް ވިދާޅުވެފައެވެ. ބޭރުގެ އެއްވެސް ދެކޮޅުވެރި ބާރެއް އެގައުމާ ދިމާކޮށްފި ނަމަ ފުނޑު ފުނޑު ކޮށްލާނެ ކަމަށް ވިދާޅުވެފައި ވަނީ އެހެން ވިދާޅުވިތާ ދުވަސްކޮޅެއް ފަހުންނެވެ. 

މި ހަފުތާގެ ކުރީކޮޅު އަސްކަރީ ބޮޑު ޕެރޭޑެއް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވި އިސް އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު ކިމް އިޝާރާތް ކުރެއްވީ ނިއުކްލިއާ ދާއިރާ ހިމެނޭ ގޮތަށް، ބާރުތައް ވަރުގަދަވަމުން އަންނަ ދުނިޔެއެއްގައި ނުރައްކާތައް އިތުރުވަމުން އަންނަ ކަމަށެވެ. އަދި ނިއުކްލިޔަ ހަތިޔާރަކީ އެ ގައުމުގެ ސަލާމަތަށް އޮތް ހަމައެކަނި ގެރެންޓީ ކަމަށް ކިމް ވިދާޅުވެ އެވެ.

ކިމް ވިދާޅުވީ ހަތިޔާރު އެޅި ފައުޖުތަކުން ނިއުކްލިއާ ހަތިޔާރުގެ ނުރައްކާ އިތުރަށް ވަރުގަދަ ކުރަމުންދާކަމަށާއި، ނިއުކްލިއާ ހަތިޔާރުގެ ނުރައްކަލާ އެކު، ބިރު ދެއްކުމުގެ ހުރިހާ އަމަލެއް ދުރާލާ ރާވަމުންދާ ކަމަށެވެ. މިހުރިހާ ކަމެއް ފުނޑުފުނޑު ކޮށްލުމަށްޓަކައި، ޕާޓީގެ ސެންޓްރަލް ކޮމިޓީން އަޅުގަނޑުމެންގެ އިންގިލާބީ ބާރުގެ ފުރިހަމަ މޮޅުކަން ދަމަހައްޓައި، އެ ބާރު ކަނޑުވައިލިޔަކަ ނުދޭނެ ކަމަށެވެ. 

މި ހަފްތާގެ ކުރީކޮޅު ކިމް ގޮވާލާފައިވަނީ ވީ އެންމެ އަވަސް ސްޕީޑެއްގައި ދައުލަތުގެ ނިއުކްލިއާ ބާރުތައް އިތުރަށް ތަރައްގީ ކުރުމަށް ފިޔަވަޅުތައް އެޅުން އަވަސް ކުރުމަށެވެ.

އެމެރިކާއާއެކު ނުތަނަވަސްކަން އިތުރުވަމުން އަންނަ މިދަނޑިވަޅުގައި ކޮންމެ ވަގުތަކުވެސް ނިއުކްލިޔާ ހަމަލައެއް ދިނުމަށް ތައްޔާރުވެ ތިބުމަށް ކިމް ވަނީ ގޮވާލައްވާފައެވެ. 

ޕިޔޮންގްޔަންގްއިން މިއަހަރުގެ ތެރޭގައި ހަތިޔާރުގެ ގިނަ ޓެސްޓްތަކެއް ކޮށްފައިވާއިރު، މިއީ 2017 ވަނަ އަހަރުގެ ފަހުން އިންޓާކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައި.ސީ.ބީ.އެމް) އެއް ޓެސްޓްކުރި ފުރަތަމަ ފަހަރެވެ.

95%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް