ads
ސަލްމާން މިސްކިތް
އީދު ނަމާދާއި ދިމާކޮށް މާލޭގެ ޓްރެފިކަށް ބަދަލު ގެންނަނީ
ފިތުރު އީދު ނަމާދު ކުރާ ވަގުތާއި ދިމާކޮށް މާލޭގެ ބައެއް ސަރަހައްދު ތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މާފަންނު ސްޓޭޑިއަމްގެ އިތުރުން، އިސްލާމީ މަރުކަޒާއި، ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުގެ ޓްރެފިކަށް އެ ދުވަހު ބަދަލު ގެންނާނެ ކަމަށެވެ. 

ފުލުހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ބޮޑު ޖަމާއަތުގައި ނަމާދު ކުރުމަށް ހަމަޖެހިފައިވާ މާފަންނު ސްޓޭޑިއަމް ސަރަހައްދުން އަމީނީ މަގާއި، މާފަތްތަކުރުފާނުގެ މަގުގެ އިތުރުން ހިލާލީމަގު ބަންދު ކުރަން ނިންމާފައި ވާކަމަށެވެ. އަދި އެ މަގުތަކަށް ވަދެވޭ ކުދި މަގުތަށްވެސް އީދު ނަމާދު ކުރާ ވަގުތު ބަންދު ވާނެ ކަމަށެވެ. 

މީގެ އިތުރުން އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ ޓްރެފިލް ފްލޯއަށް ބަދަލު ގެންނަން ނިންމާފައި ވާއިރު، އެ ސަރަހައްދުން ބޮޑުތަކުރުފާނު މަގާއި، އަމީރް އަހުމަދު މަގުގެ އިތުރުން ޝަހީދު އަބްދުﷲ ޒިހައިރު ހިނގުމުގެ ކަންމަތިން މެދުޒިޔާރަތް މަގަށް އެވަގުތު ހަތަރު ފުރޮޅުލީ އުޅަނދު ވަނުން މަނާ ވާނެ ކަމަށެވެ. އަދި އީދު ނަމާދަށް އިސްލާމީ މަރުކަޒަށް އަންނަ ފަރާތްތަކަށް ޕާކު ކުރުމަށް ހަމަޖެހިފައިވަނީ، ބޮޑުތަކުރުފާނު މަގު ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި އިސްލާމީ މަރުކަޒުގެ ދެކުނަށް އޮންނަ ޕާކިން ޒޯން ހުސްކުރުމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. 

މީގެ އިތުރުން ފުލުހުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުން ހުޅުމާލެ ފެރީ ޓާމިނަލް ހުންނަ ހިސާބުން ފެށިގެން މަޖީދީ މަގު ކަންމައްޗާއި ހަމައަށް ހަތަރު ފުރޮޅުލީ އުޅަނދު ވަނުން އެވަގުތު މަނާ ވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

ފުލުހުން އިތުރަށް ބުނީ، އީދު ނަމާދުކޮށް ނިމުމުން އަލުން ޓްރެފިކް ކުރިން ހުރި އުސޫލަށް ބަދަލު ކުރާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް