ރައިއޯލާ މަރުވިކަން އޭނާގެ އާއިލާއިން ހޮނިހިރު ދުވަހުގެ ރޭ އިއުލާން ކުރިއިރު، މީގެ ހަފްތާއެއްހާ ދުވަސްކުރިންވެސް އޭނާ މަރުވިކަމަށް މީޑިއާގައި އާއްމު ވިއެވެ. އެކަމާ ގުޅިގެން އޭނާގެ ފަރާތުން ހިތްހަމަ ނުޖެހުންވެސް ފާޅުކުރިއެވެ.
އުމުރުން ފަންސާސް ހަތަރު އަހަރުގައި ރައިއޯލާ މަރުވީ ބަލިވެ އުޅުމަށް ފަހުއެވެ. ސުޕަރ އެޖެންޓްގެ ގޮތުގައި މަޝްހޫރުވެފައިވާ ރައިއޯލާއަކީ ސްވިޑްންގެ ޒްލަޓާން އިބްރޮހޮމަވިޗާ، ފްރާންސްގެ ޕައުލް ޕޮގްބާ އަދި ހާލަންޑްގެވެސް އެޖެންޓެވެ.